ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ނަދީމްއާއި ޝަފީޢު
ކްރިމިނަލް ކޯޓަށް ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަލީ ނަދީމް އަދި އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އައްޔަން ކުރައްވައިފިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވިގޮތުގައި ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރީ، އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހުގައި ކަމަށެވެ. މިގޮތުން އދ. މާމިގިލި، ފްރީ...