Skip to main content
Topic Archive

#ކްރިމިނަލް ކޯޓް

32 Stories filed
ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދުގެ މުއްދަތު ދަންމާލައިފި
Raajje

ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދުގެ މުއްދަތު ދަންމާލައިފި

ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދަށް ދިގު މުއްދަތެއް ޖަހައިފި އެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން 21 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް 30 ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، ދެންތިބި ދެ މީހުންނަށް ޖަހާފައި ވަނީ 40 ދުވަހުގެ ބަންދެކެވެ. ކްރިމިނަލް ކޯޓުން އެ މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ […]

މޮސްޓާ އަށް ހަމަލާ ދޭން އުޅުނު މީހާގެ ބަންދަށް މަސް ދުވަސް ޖަހައިފި
Raajje

މޮސްޓާ އަށް ހަމަލާ ދޭން އުޅުނު މީހާގެ ބަންދަށް މަސް ދުވަސް ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލަދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ. އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. މި މަހުގެ 25 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރުމަށްފަހު، ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ މާރާމާރީ އާއި […]

ވ. އާރަށް ކުއްޔަށް ދިން މައްސަލަ: އަޑުއެހުންތައް ނިމުމަކަށް އައިސް ހުލާސާ ބަޔާން ހުށަހެޅުމާ ހަމައަށް
Raajje

ވ. އާރަށް ކުއްޔަށް ދިން މައްސަލަ: އަޑުއެހުންތައް ނިމުމަކަށް އައިސް ހުލާސާ ބަޔާން ހުށަހެޅުމާ ހަމައަށް

ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރާ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސައިގެ އަޑުއެހުންތައް ނިމުމަކަށް އައިސް، ހުލާސާ ބަޔާން ހުށަހެޅުމާއި ހަމައަށް ހިނގައްޖެ އެވެ. ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނު މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް [...

ނަދީމްގެ މަރު: ދައުވާއިން ސަލާމަތްވި މީހުންގެ މައްސަލަ އިސްތިއުނާފު ކުރަނީ
Raajje

ނަދީމްގެ މަރު: ދައުވާއިން ސަލާމަތްވި މީހުންގެ މައްސަލަ އިސްތިއުނާފު ކުރަނީ

ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގައި ދައުވާ ލިބުނު މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި އެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާ ކަމަށެވެ. މި މައްސަލާގައި ބައެއް ހެކިންނަށް ބިރު ދެއްކުމުގެ ކަންތައްތަކެއް ހިނގާފައިވާ ދައުލަތުން ކުރިން ވިދާޅުވެފައިވާއިރު، ބައެއް ހެކިން ހެކިބަސް ދިނުމާ ގުޅިގެން ސިލްސިލާ މާރާމާރީތަކެއް ހިނގައިދިޔަ ކަމަށް ވެސް ދައުލަތުން ވިދާޅުވެފައި ވެއ...

އައްމަޓީ ދޫކޮށްލައިފި، އޭނާގެ ތުހުމަތުތައް ސަރުކާރަށް
Raajje

އައްމަޓީ ދޫކޮށްލައިފި، އޭނާގެ ތުހުމަތުތައް ސަރުކާރަށް

ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ކްރިމިނަލް ކޯޓުގައި ސަރުކާރުގެ މައްޗަށް މިއަދު ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ. ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ކުރާ ޚިޔާނާތުގެ 42 ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީ ބުނީ ސީލައިފާއި އެޗްޑީސީއާ ދެމެދު ހެދި އެއްބަސްވުން އެޗްޑީސީން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް […]

ކްރިމިނަލް ކޯޓުން އޮންލައިންކޮށް މައްސަލަތައް ބަލައިގަންނަން ފަށައިފި
Raajje

ކްރިމިނަލް ކޯޓުން އޮންލައިންކޮށް މައްސަލަތައް ބަލައިގަންނަން ފަށައިފި

ކްރިމިނަލް ކޯޓަށް އޮންލައިންކޮށް ހުށަހަޅާ މައްސަލަތައް އޮންލައިންކޮށް ފުރަތަމަ ފަހަރަށް ބަލައިގަންނަން ފަށައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ މީގެކުރިން އޮންލައިންކޮށް މައްސަލަ ހުށަހެޅިޔަސް، ރަސްމީ ގޮތުން މައްސަލަ ހުށަހެޅި އަދި ބަލައިގަނެވެނީ ކަރުދާސްތަކާ އެކު މައްސަލަ ކޯޓަށް ފޮނުވުމުން ކަމަށެވެ. އެކަމަކު އިއްޔެއިން ފެށިގެން އޮންލައިންކޮށް ހުށަހަޅާ މައްސަލަތައް އިތުރު ކަރުދާސްތައް ފޮނުވުމަކާ ނުލައި އޮންލައިންކޮށް ބަލައިގަންނަން ފަށާފައިވާ ކަމަށް ޝ...

އާރަށް މައްސަލާގައި ދިފާއީ ހެކި ހުށަހަޅަން ރައީސް ޔާމީނަށް ފަސް ދުވަސް
Raajje

އާރަށް މައްސަލާގައި ދިފާއީ ހެކި ހުށަހަޅަން ރައީސް ޔާމީނަށް ފަސް ދުވަސް

އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ދިފާއުގައި ހެކި ހުށަހަޅަން އެމަނިކުފާނަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ރިސޯޓެއްގެ ގޮތުގައި އާރަށް ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާ ހެކި ހާމަކުރި އެވެ. އެއީ ކޮން […]

އަނބިމީހާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި އިންޑިޔާ މީހާއަށް ދައުވާކުރަނީ
Raajje

އަނބިމީހާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި އިންޑިޔާ މީހާއަށް ދައުވާކުރަނީ

މިއަހަރުގެ ފެބުރުއަރީ 2 ވަނަ ދުވަހު މާލޭގެ ގެއެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހާއަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާއިފި އެވެ. އޭނާގެ މައްޗަށް ހުށައަޅާފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ. ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު […]

ޔާމީން ކުށްވެރި ނުވާއިރު އަޅުގަނޑަށް ދައުވާ ނުކުރެވޭނެ: އާޒިމާ
Raajje

ޔާމީން ކުށްވެރި ނުވާއިރު އަޅުގަނޑަށް ދައުވާ ނުކުރެވޭނެ: އާޒިމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުށް ސާބިތުނުވާތީ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ. އާޒިމާ އެގޮތަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކުރުމުގެ ދައުވާގެ ޝަރީއަތުގަ އެވެ. އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރަނީ ޔާމީނަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމަށް ބުނެ ކަމަށާއި […]

ކްރިމިނަލް ކޯޓުގައި ނުނިމޭ މައްސަލަތައް ކުރިއަށް ވުރެ އިތުރުވެއްޖެ
Raajje

ކްރިމިނަލް ކޯޓުގައި ނުނިމޭ މައްސަލަތައް ކުރިއަށް ވުރެ އިތުރުވެއްޖެ

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ކުރިއަށް ވުރެ އިތުރުވެފައިވާ ކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ކްރިމިނަލް ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ނިމުނުއިރު އެ ކޯޓުގައި ނުނިމި އޮތީ 1،732 މައްސަަލަ އެވެ. އެކަމަކު މިދިޔަ އަހަރު ނިމުނުއިރު 1،804 މައްސަލައެއް އެ ކޯޓުގައި ނުނިމި އޮތް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 773 […]

ޖަލު ހުކުމާއެކު އަސްހަދަށް މަގާމު ގެއްލިއްޖެ
Thiladhunmathi News

ޖަލު ހުކުމާއެކު އަސްހަދަށް މަގާމު ގެއްލިއްޖެ

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަސްއަދު އަލީ( އަޑުބަރޭ) ގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ހުކުމާއެކު އަޑުބަރޭ މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ. އަލީ ވަހީދު ރާއްޖެ ގެންނަން އަޑުބަރޭ އަށް ކޯޓުން ކުރިން ވަނީ 72 ގަޑިއިރުގެ މުހުލަތެއް […]

ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދުނީ އެކަށީގެންވާ ވަރަށް ހެކި ހުރުމުން: ދައުލަތް
Raajje

ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދުނީ އެކަށީގެންވާ ވަރަށް ހެކި ހުރުމުން: ދައުލަތް

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ މައްޗަށް މިހާރު އުފުލާފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް ނިމެން ދެން އެމަނިކިފާނުގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ ކުށެއްކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ދައުލަތަކުން ވިދާޅުވެއްޖެއެވެ. ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން އެހެން ވިދާޅުވެފައި ވަނީ, ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީޢަތުގެ މަޖިލީހުގައެވެ. ގއ. ވޮޑަމުލާ މައްސަލައިގައި ރައިސް ޔާމީންގެ މައްޗަށް އިއ...

215 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް
Raajje

215 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް

215 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ރ. މަޑުއްވަރިއަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ އެރަށު ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި އެރަށު ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ. މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮކ...

ރައީސް ނަޝީދަށް އިންޒާރުދިން މީހާގެ މައްޗަށް 3 ދައުވާއެއް އުފުލައިފި
Raajje

ރައީސް ނަޝީދަށް އިންޒާރުދިން މީހާގެ މައްޗަށް 3 ދައުވާއެއް އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދިން މީހާއަށް ދައުވާކޮށްފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ހ. ލައިޓްނައިޓް، އުމުރުން 40 އަހަރުގެ އިސްމާއީލް ޔާފިސްގެ މައްޗަށެވެ. ޕީޖީ އޮފީހުން އޭނާގެ މައްޗަށް ދައުކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދުއެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ބައިއަތު...

ޔާސިފް ކްރިމިނަލް ކޯޓުގައި ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރުދީފި
Raajje

ޔާސިފް ކްރިމިނަލް ކޯޓުގައި ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރުދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި އިސްމާއިލް ޔާސިފް 40، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި ވެސް އޭނާ މަރުގެ އިންޒާރު ދީފިއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިންޒާރުދިން މައްސަލާގައި ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމާ އޭނާގެ މައްޗަށް މިހާރު ވަނީ އެ މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ޖަލު ހުކުމް އިއްވުމުން ވެސް އޭނާ ވަނީ އިންޒާރު ތަކުރާރުކޮށް، ރައީސް ނަޝީދު […]