Skip to main content
Topic Archive

#ކޯވިޑް-19

355 Stories filed
މެންބަރު އަޙްމަދުގެ އެހީތެރިކަން މުރައިދޫއަށް
Thiladhunmathi News

މެންބަރު އަޙްމަދުގެ އެހީތެރިކަން މުރައިދޫއަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. މުރައިދޫއަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ކަނޑުމަސް ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު މިއަދު ވަނީ އެރަށަށް 235 ކިލޯގެ ތާޒާ ކަނޑުމަސް ހަދިޔާ ކުރަށްވާފައެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އަހްމަދު ވަރަށް ގާތުން މުރައިދޫ ރައްޔިތުންގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ. “އެމްޕީ ގުޅުއްވާނެ ކޮންމެ ދުވަހަކު، ރައްޔިތުނ...

ފުރަބަންދަކަށް ނުގޮސް މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ
Raajje

ފުރަބަންދަކަށް ނުގޮސް މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ފުރަބަންދަކަށް ނުގޮސް، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. “ލޮކްޑައުންއެއް ކުރުމަށް ނިންމާފައެއް ނުވޭ...

ދުވަސް ފެށުނީ ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވި ޚަބަރުން!
Raajje

ދުވަސް ފެށުނީ ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވި ޚަބަރުން!

ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ. އެމީހާއަކީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެއްސެކެވެ. އޭނާ ނިޔާވީ ހެނދުނު 8:07 ގައެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 124 އަށް އެރީއެވެ. މިބަލީގައި ރޭ ވަނީ 39 އަހަރުގެ ދިވެހި އަންހެނެއް ވެސް ނިޔާވެފައެވެ. އަދި އިއްޔެ ހަވީރު އުމުރުން […]

ދިއްދޫން އިތުރުބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް އަރައިފި
Thiladhunmathi News

ދިއްދޫން އިތުރުބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް އަރައިފި

ހއ. ދިއްދޫއިން އިތުރު ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުގެ އެކްޓިވް ކޭސްތަކުގެ އަަދަދު 50 އަށް އަރައިފިއެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރަށްވާފައިވާ މައުލޫމާތަށް ބަލާއިރު ދިއްދޫން އިއްޔެ ވަނީ އަލަށް 10 މީހަކަށް ކޯވީޑް ބަލިޖެހިފަ އެވެ. މިގޮތުން އިއްޔެ ހަވީރު 17:20ގައި އެ ހޮސްޕިޓަލުން ހާމަކުރެއްވި މައުލޫމާތުގައި އަލަށް 5 މީހަކު އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރޭ 23:15ގައި އާންމު ކުރެއްވި މައުލޫމާތުގައި ވެސް އަލަށް 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. […]

މުރައިދޫން އަނެއްކާވެސް އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

މުރައިދޫން އަނެއްކާވެސް އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. މުރައިދޫއިން އަނެއްކާ ވެސް އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މެއި 20 ވަނަ ދުވަހު ވެސް އެރަށުން ވަނީ 6 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއިއެކު މުރައިދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފަ އެވެ. އެރަށުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މެއި 18 ވަނަ ދުވަހުއެވެ. އެއީ ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެކެވެ. އެ މީހާއަކީ މިފަހުން ދަތުރެއް ވެސް ކޮށްފައިނުވާ، ޓްރެވަލް […]

މާލެ ސަރަހައްދު ލޮކްޑައުންކުރަން އުޅޭވާހަކަ ދޮގުކޮށްފި
Raajje

މާލެ ސަރަހައްދު ލޮކްޑައުންކުރަން އުޅޭވާހަކަ ދޮގުކޮށްފި

ރާއްޖޭގެ ވެރިކަންކުރާ މާލެ ސަރަހައްދު އަނެއްކާވެސް ލޮކްޑައުންކުރަން އުޅޭވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ. ހާލަތު ގޯސްވުމުގެ ސަބަބަބުން މި ހަފުތާގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށް އެއަޑު ގަދަވެފައިވައިވަނިކޮން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ. މިމޭރުމުން މަބްރޫކް ޓުވީޓު ކުރެއްވި ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެ...

އިތުރު 19 މީހަކު ޕޮޒިޓިވްވެ، ކަނޑިތީމުގެ އެކްޓިވް ކޭސްތަކުގެ އަދަދު 40 އަށް!
Thiladhunmathi News

އިތުރު 19 މީހަކު ޕޮޒިޓިވްވެ، ކަނޑިތީމުގެ އެކްޓިވް ކޭސްތަކުގެ އަދަދު 40 އަށް!

ށ. ކަނޑިތީމުން އިތުރު 19 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ވަނީ 40 އަށް އަރާފައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ރޭ ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު މިހާތަނަށް އެރަށުން 654 ސާމްޕަލެއް ވަނީ ނަގާފައެވެ. 19 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. އެހެން ކަމުން އެރަށުގައި މިވަގުތު ޕޮޒިޓިވް އެކްޓިވް ކޭސްގެ ގޮތުގައި 40 މީހެއް އެބަތިއްބެވެ. މިހާތަނަށް 99 ސާމްޕަލެއްގެ ނަތީޖާ ނުލިބޭއިރު، ކަނޑިތީމުގައި މިވަގުތު 190 މީހެއް […]

ކޯވިޑް19: މިއަދުގެ އަދަދު 2194، އެކްޓިވް ކޭސް 20000 އަށް، ޖުމްލަ 50000 އަށް
Raajje

ކޯވިޑް19: މިއަދުގެ އަދަދު 2194، އެކްޓިވް ކޭސް 20000 އަށް، ޖުމްލަ 50000 އަށް

ކޯވިޑް19 އިން ރާއްޖެއިން މިއަދު ޕޮޒިޓީވްވި މީހުންގެ އަދަދު އިންތިހާއަށް މައްޗަށްގޮސްފި އެވެ. އެޗްޕީއޭއިން މިއަދު އާންމުކުރި މަޢުލޫމާތައް ބަލާއިއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބައްޔަށް 691 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއެން ކުރި ޓުވީޓުގައި ބުނެފައިވަނީ ބާކީތިބި 1503 މީހުންނަކީ އެކިދުވަސް މަތިން ބެކްލޮގްގެ ގޮތުގައި ރިޕޯޓް ކުރެވިފައިވާ ފަރާތްތައް ކަމަށެވެ. މިއާއި އެކު އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ބަލި ޖެހިފައިތިބި މީހުންގެ އަދަދުވަނީ 20276 އަކަށް އަރާފަ އެވެ. ރާއްޖެއިން [...

ޓެސްޓްކުރި 10 މީހުންގެ ތެރެއިން 2 މީހުން ޕޮޒިޓިވް، ކުޅުދުއްފުށީގެ އަދަދު 12 އަށް
Thiladhunmathi News

ޓެސްޓްކުރި 10 މީހުންގެ ތެރެއިން 2 މީހުން ޕޮޒިޓިވް، ކުޅުދުއްފުށީގެ އަދަދު 12 އަށް

އަލާމާތް ހުރެގެން ޓެސްޓްކުރި 10 މީހުންގެ ތެރެއިން 2 މީހުން ޕޮޒިޓިވްވެ، ހދ. ކުޅުދުއްފުށި ސިޓީގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބި ފަރާތްތަކުގެ އަދަދު 12 އަށް އަރައިފި އެވެ. މި ދެމީހުން ޕޮޒިޓިވްވުމާއެކު މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ 13 އަށް އަރާފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 12 މީހުންނެވެ. އެކަކު ވަނީ މިބަލިން ފަސޭހަވެފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، މިއަދު ޕޮޒިޓިވްވެފައިވަނީ […]

ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް
Thiladhunmathi News

ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ށ. މިލަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިންނަށް ގެނެސްފައި މިވަނީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެރަށު ހޯމް ކަރަންޓީނުގައި ތިބި ކުޑަ ދެކުއްޖަކު ވެސް ވަނީ މިއަދު ޕޮޒިޓިވްވެފައެވެ. ކޯވިޑ-ް19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން މިލަންދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދުގެ 18:01 އިން ފެށިގެންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދ...

ދިއްދޫއިން 63 މީހަކު ބަލިން ރަނގަޅުވެ، ޕޮޒިޓިވްވި ޖުމްލަ 114 ގައި
Thiladhunmathi News

ދިއްދޫއިން 63 މީހަކު ބަލިން ރަނގަޅުވެ، ޕޮޒިޓިވްވި ޖުމްލަ 114 ގައި

ހއ. ދިއްދޫއިން އިތުރު 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ ޢަދަދު 114 އަށް އަރައިފިއެވެ. އެރަށުން މިހާތަނަށް 63 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެބަލީގައި އެރަށުން އެކަކު ވަނީ ނިޔާވެފަ އެވެ. ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ނެވެ. އެމީހާ މިހާރު ބަލިން ރަނގަޅުވެފަވައެވެ. އެ ކޭހާއި ގުޅިގެން ޕޮޒިޓިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި […]

ކޯވިޑް ބަލީގެ"ކޮންޓްރޯލް ގެއްލި" ހާއްސަ އެހީއަށް އެދިފައެއް ނުވާނެ: ސަރުކާރު
Raajje

ކޯވިޑް ބަލީގެ"ކޮންޓްރޯލް ގެއްލި" ހާއްސަ އެހީއަށް އެދިފައެއް ނުވާނެ: ސަރުކާރު

ކޯވިޑް-19 ބަލީގެ ހާލަތާއި ގުޅިގެން “ކޮންޓްރޯލް ގެއްލި” ޚާއްސަ އެހީއަކަށް އެދިފައެއް ނުވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. ސަރުކާރުން މިހެން ބުނެފައިވަނީ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެންމެ ފަހުން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވާހަކަ ދެކެވޭތީ އެކަން އޮޅުން ފިލުވައިދެއްވުމުގެ ގޮތުންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯ ވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރ...

ޅައިމަގުގެ އެކްޓިވް ކޭސްތަކުގެ އަދަދު 34ގައި!
Thiladhunmathi News

ޅައިމަގުގެ އެކްޓިވް ކޭސްތަކުގެ އަދަދު 34ގައި!

ށ. ޅައިމަގުގައި މިވަގުތު ތިބި އެކްޓިވްކޭސްތަކުގެ ޢަދަދު 34 އަށް އަރައިފިއެވެ. ޅައިމަގުގައި ހޯމްކަރަންޓީނުގައި ތިބި ދެ ގެއެއްގެ މީހުން ކޯވިޑަށް ޓެސްޓް ކުރުމުން އޭގެ ތެރެއިން 5 މީހެއް ކޯވިޑަށް ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އެކަކު ކަރަންޓީނުގައި ހުރީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ފަހުން ހަމަޖެހިފައިވާ އުސޫލުގެތެރެއިން އެރަށަށް ގޮސްހުރި އޭނާގެ ފިރިމީހާއާއިއެކު އެއްގެއެއްގައެވެ. އޭނާގެ އަންހެނުން ޓެސްޓް ކުރިއިރު ޕޮޒިޓިވްވުމުން، އޭނާގެ ފިރިމީހާ ވެސް […]

ކޯވިޑް19: މިއަދު 7 މީހަކު ނިޔާވެ، މިމަހު ނިޔާވި މީހުންގެ އަދަދު 39 އަކަށް
Raajje

ކޯވިޑް19: މިއަދު 7 މީހަކު ނިޔާވެ، މިމަހު ނިޔާވި މީހުންގެ އަދަދު 39 އަކަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ 7 މީހަކު ނިޔާވެ، މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދު 39 އަކަށް އަރައިފި އެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 112 އަރާފައެވެ. މިއަދު އެންމެފަހުން ކޮވިޑް ޖެހިގެން ނިޔާވީ މިއަދު މެންދުރު 12:16 ހާއިރު އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 62 އަހަރުގެ އަންހެނެއްކަމަށް ހެލްތު ޕްރޮޓްކެޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މަޢުލޫމާތުދެއެވެ. މީގެއިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން […]

އިތުރު މީހަކު ނިޔާވެ ރާއްޖެ، ޖުމްލަ އަދަދު 110 އަށް!
Raajje

އިތުރު މީހަކު ނިޔާވެ ރާއްޖެ، ޖުމްލަ އަދަދު 110 އަށް!

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. އެއީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8:30 ގައެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 110 ވަނަ މީހާއެވެ. ރާއްޖޭގައި މިބަލީގެ ހާލަތު އަދިވެސް ރަނގަޅުވާން ފަށާފައި ނުވާއިރު އިއްޔެ ވެސް އިތުރު 1465 މީހަކަށް […]