ބީއެމްއެލުން ގެދޮރު އަޅަން ދޭ ލޯނުގެ އިކުއިޓީ ފަސް އިންސައްތައަށް ކުޑަކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީގެ ނިސްބަތަށް ބޮޑު ލުޔެއް ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި، 3 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ލޯނުތަކަށް މީގެ ކުރިން އަމިއްލައަށް ދައްކަންޖެހޭ 20 އިންސައްތަ އިކުއިޓީ، މިހާރު ވަނީ 5 އިންސައްތައަށް ކުޑަކޮށްފައެވެ. މި ބަދަލާއެކު، އަމިއްލަ ބޯހިޔާވަހިކަން ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް ފައިސާ ހޯދުމުގައި ބޮ...