15 އަތޮޅުގެ 19 ރަށެއްގައި ޕަބްލިކް ވަރކްސް ޔުނިޓުތައް މި އަހަރު ގާއިމުކޮށް ނިންމަނީ
ރާއްޖޭގެ 15 އަތޮޅެއްގެ 19 ރަށެއްގައި ޕަބްލިކް ވަރކްސް ޔުނިޓުތައް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށް މި އަހަރުގެ މެދުތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރެވޭ އުމްރާނީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ ނުވަތަ ރަނގަޅު މެއިންޓެނަންސް ޝެޑިއުލެއްގެ ދަށުން މަރާމާތު ކުރުމަކީ، ދެމެ...