Skip to main content
Topic Archive

#ރޮޒައިނާ އާދަމް

15 Stories filed
ދިރާސީ އާ އަހަރު ޖެނުއަރީއަށް ބަދަލުކުރާތީ ވަޒީރު މަޖިލިހަށް ހާޒިރު ކުރަނީ
Parliament

ދިރާސީ އާ އަހަރު ޖެނުއަރީއަށް ބަދަލުކުރާތީ ވަޒީރު މަޖިލިހަށް ހާޒިރު ކުރަނީ

ދިރާސީ އާ އަހަރު، 2025 އިން ފެށިގެން ޖެނުއަރީ މަހަށް ބަދަލު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރަން މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވައިފިއެވެ. ރޮޒެއިނާ މަޖިލިހަށް ހުށަހެޅުއްވި ވަޒީރުންނާ ސުވާލު ކުރުމުގެ ނޯޓިސްގައި ވަނީ 2025 އިން ފެށިގެން ދިރާސީ އާ އަހަރުގެ ފެށުން ޖެނުއަރީ މަހަށް ބަދަލު ކުރައްވާނެ ކަމަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ […]

މުލިއާގެ ރައީސްގެ ރަސްމީ ގެކޮޅަށް ހަމަޖެއްސުމަކީ ނަޝީދު ގައުމަށް ޖެއްސި މުސީބާތެއް: ރޮޒެއިނާ
Raajje

މުލިއާގެ ރައީސްގެ ރަސްމީ ގެކޮޅަށް ހަމަޖެއްސުމަކީ ނަޝީދު ގައުމަށް ޖެއްސި މުސީބާތެއް: ރޮޒެއިނާ

މުލިއާގެ ރައީސްގެ ރަސްމީގެކޮޅަށް ހަމަޖެއްސުމަކީ ނަޝީދު ގައުމަށް ޖެއްސި މުސީބާތެއް ކަމަށާއި، އެތަން ބަހައްޓަންވީ ތަރިކައެއް ގޮތުގައި ކަމުގައި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. މިހެންކަން ހިނގާފައިވާއިރު ރޮޒައިނާ ”އެކްސް”ގައި ވިދާޅުވީ، ތީމުގެ އަކީ ރާއްޖޭގެ ރައީސްކަން ކުރައްވާ ބޭފުޅުން ދިރިއުޅުއްވަން ރައީސް މައުމޫން ހެއްދެވި ތަނެއް ކަމަށެވެ. ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ތީމުގެ އޮފީހަަކަށް ބަދަލުކުރެއްވުމަށްފަހު، ރައީސްގެ ރަސްމީ ގެކ...

ރިޔާސަތުގައި ނަޝީދު ނެތިއްޔާ ހުވާކުރުމުގެ ކަންކަން ދާނީ ރީތިކޮށް: ރޮޒައިނާ
Parliament

ރިޔާސަތުގައި ނަޝީދު ނެތިއްޔާ ހުވާކުރުމުގެ ކަންކަން ދާނީ ރީތިކޮށް: ރޮޒައިނާ

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި ނެތިއްޔާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ކަންކަން ކުރިއަށް ދާނީ ރީތިކޮށް ކަމަށް މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ. ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާ […]

ރޮޒައިނާ އަށް އެއްވެސް ބަދަލެއް ދޭން ނިންމާފައިވޭތޯ ބެލުމަށް ސިޓީއެއް
Raajje

ރޮޒައިނާ އަށް އެއްވެސް ބަދަލެއް ދޭން ނިންމާފައިވޭތޯ ބެލުމަށް ސިޓީއެއް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމަށް ބަދަލުގެ ގޮތުގައި ގެ ދެ ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން އުޅޭތޯ ބެއްލެވުމަށް އޭނާ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވައިފިއެވެ. ރައީސް އޮފީހަށް ރޮޒެއިނާ ފޮނުއްވި ސިޓީގައި ވަނީ އެ އޮފީހުގެ ބަދަލުދޭ ކޮމިޓީ އޭނާއަށް ގެއްލުމުގެ ބަދަލަކަށް 2 ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ “ދެންމެ” ނޫހުގައި ލިޔެފައި އޮތުމުގެ […]

މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގައި ނަމޫނާ 5 އަހަރު: ރޮޒައިނާ
Raajje

މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގައި ނަމޫނާ 5 އަހަރު: ރޮޒައިނާ

މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގައި މީގެ ކުރީގެ ސަރުކާރުތަކާއި ބަލާފަ މާބޮޑަށް ވެސް އިސްކަން ދެއްވައިގެން އަޑުއެއްސެވި ފަސް އަހަރު ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެޕާޓީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން އިއްޔެ ބޭއްވި ވޯކްޝޮޕް ފައްޓަވައިދެއްވައި ވާ...

އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހަދާ: އެމްޑީޕީގެ އަންހެނުންގެ ރޫހު
Raajje

އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހަދާ: އެމްޑީޕީގެ އަންހެނުންގެ ރޫހު

އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހެދުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ގޮވައިލައިފިއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ނެރުއްވި ބަޔާނުގައި ބުނީ މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ އަންހެނުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް އުފާފާޅުކުރުން ކަމަށެވެ. އަދި އަންހެނުންނަށް ހުރި ގޮންޖެހުންތައް...

ރައީސް ގެނެސްދެއްވީ އަމާންކަން، އެހެންވެ ޔާމީންގެ އަނިޔާވެރިކަން ބައެއް މީހުން ހަނދާންނެތިއްޖެ: ރޮޒައިނާ
Raajje

ރައީސް ގެނެސްދެއްވީ އަމާންކަން، އެހެންވެ ޔާމީންގެ އަނިޔާވެރިކަން ބައެއް މީހުން ހަނދާންނެތިއްޖެ: ރޮޒައިނާ

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ވޭތުވި ހަތަރު އަހަރު ވަނީ ޤައުމަށް އަމާންކަމާއި، ފަސޭހަކަން ގެނެސް ދެއްވާފައި ކަމަށާއި، އެހެންކަމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސަރުކާރުގައި އޭރުގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމްގެ އަނިޔާވެރިކަން މިހާރު ބައެއް ބޭފުޅުން ހަނދާން ނެތިފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު...

ވެރިކަމަށް އާދެވޭނީ އިބޫ ހޮވައިގެން، ވެރިކަން ނުލިބިއްޖެނަމަ މެންބަރުން މަގުމަތިވާނެ: ރޮޒައިނާ
Raajje

ވެރިކަމަށް އާދެވޭނީ އިބޫ ހޮވައިގެން، ވެރިކަން ނުލިބިއްޖެނަމަ މެންބަރުން މަގުމަތިވާނެ: ރޮޒައިނާ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކާމިޔާބު ކުރެވޭނީ ހޮނިހިރު ދުވަހުގެ ޕްރައިމަރީގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ހޮވައިގެން ކަމަށާއި، ވެރިކަން ނުލިބިއްޖެނަމަ ޕާޓީގެ އާންމު މެންބަރުން މަގުމަތިވާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމާލެވުމަށް ރޭ އައް...

ރައީސްކަން ލިބޭ ހިސާބުން ގާނޫނުއަސާސީއަކީ ވެސް ތިމަންނައޭ ހިތައްއެރުން އެއީ ހެދޭ އެންބޮޑު ގޯސް: ރޮޒައިނާ
Raajje

ރައީސްކަން ލިބޭ ހިސާބުން ގާނޫނުއަސާސީއަކީ ވެސް ތިމަންނައޭ ހިތައްއެރުން އެއީ ހެދޭ އެންބޮޑު ގޯސް: ރޮޒައިނާ

ގައުމުގެ ވެރިކަން ލިބޭ ހިސާބުން ގާނޫނުއަސާސީއަކީ ވެސް ތިމަންނައޭ ހިތައްއެރުން އެއީ ހެދޭ އެންބޮޑު ގޯސްކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ނ. ވެލިދޫގައި ވާހަކަ ގައުމެއްގެ ވެރިއަކު ކުއްލިކުއްލިއަކަށް މާބޮޑަށް ރިއެކްޓް...

އުއްމީދު ގެއްލިގެން އުޅެނީ އެންމެ ކަމަކާހުރެ: ރޮޒައިނާ
Raajje

އުއްމީދު ގެއްލިގެން އުޅެނީ އެންމެ ކަމަކާހުރެ: ރޮޒައިނާ

އުއްމީދު ގެއްލިގެން އުޅެނީ އެންމެ ކަމަކާހުރެ ކަމަށާއި، އެއީ ވެރިކަމާއި ބާރު ނުލިބިގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. ރޮޒައިނާ ވިދާޅުވީ އަ...

ޕީޕީއެމްއިން ވާދަ ކުރާނީ އިންޑިއާ އަކާއި ނޫން: ރޮޒައިނާ
Parliament

ޕީޕީއެމްއިން ވާދަ ކުރާނީ އިންޑިއާ އަކާއި ނޫން: ރޮޒައިނާ

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ޤައުމުގައި މިހާރަކަށް ވުރެ ބޮޑަށް ފުޅާކޮށް ލިބިފައެއް އޮތް ދުވަސްވަރެއް ނެތްކަމަށާއި، އިންޑިއާއި ގުޅުވައިގެން އިދިކޮޅު ޕީޕީއެމުން އިސްވެ ހިންގާ ހަރަކާތާއި ގުޅިގެން ފިޔަވަޅުއަޅާ ހިސާބަށް ކަންކަން ދިޔައީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔުމުން، ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓ...

ވޯޓު ބޭނުމީ ލޯބިން، ނަފުރަތު އުފައްދައިގެންނެއްނޫން: ރޮޒެއިނާ
Raajje

ވޯޓު ބޭނުމީ ލޯބިން، ނަފުރަތު އުފައްދައިގެންނެއްނޫން: ރޮޒެއިނާ

ވޯޓު ބޭނުމީ ލޯބިން ކަމަށާއި، އަނެކާއާއި މެދު ނަފުރަތު އުފައްދައިގެން ނޫންކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުންގެ ރޫޙޫގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވާފައިވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ. ރޮޒެއިނާ މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވަނީ ރޮޒެއިނާ އަށާއި، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވަން ނިންމަވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ނިސްބަތްކޮށް މީހަކު ޓްވީޓާގައި ކޮށްފައިވާ ތުހުމަތުތަކެއް ހ...

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން: ރޮޒޭނާ
Raajje

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން: ރޮޒޭނާ

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ރޮޒައިނާ މިހެން ވިދާޅުވީ، އޭނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައެވެ. ރޮޒައިނާ ވިދާޅުވީ، ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަންނޫން ކަމަށެވެ. އަދި ބައެއް ކަންކަން ރަނގަޅުކުރަން ރަނގަޅު ގޮތްތައް ރާވައިގެން ވިސްނުންތެރިކަން އިސްކ...

މި ސަރުކާރުން މުއައްސަސާތަކަށް ބިރެއް ނުދައްކާ، ދަނީ އެއްބާރުލުން ދެމުން: ރޮޒައިނާ
Raajje

މި ސަރުކާރުން މުއައްސަސާތަކަށް ބިރެއް ނުދައްކާ، ދަނީ އެއްބާރުލުން ދެމުން: ރޮޒައިނާ

މި ސަރުކާރުން މުއައްސަސާތަކަށް ބިރެއް ނުދައްކާ ކަމަށާއި، އަބަދުވެސް ދަނީ އެއްބާރުލުން ދެމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ވެންޓިލޭޓަރުތަކުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަހުން ހުށަހެޅި މަޢުލޫމާތުތައް ރިވިއުކޮށް ބެލުމުންވެސް ޖިނާޢީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ އުންޞުރުތައް ފުރިހަމަ ވެދާނެކަމަށް ނުފެންނާތީ ކުރިންވެސް ނިންމިގޮތަށް އެމަސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމުމުން ވެރިކަންކުރާ އެމްޑީޕީގެ ތެރެއިންނާއ...

އެއްލައްކަ ރުފިޔާގެ އިންވެސްޓްމަންޓަކާއި އެކު ރެޒިޑެންޓް ވިސާ ދިނުމާއި ރޮޒޭނާ ދެކޮޅު!
Raajje

އެއްލައްކަ ރުފިޔާގެ އިންވެސްޓްމަންޓަކާއި އެކު ރެޒިޑެންޓް ވިސާ ދިނުމާއި ރޮޒޭނާ ދެކޮޅު!

އެއްލައްކަ ރުފިޔާގެ އިންވެސްޓްމަންޓެއް އަކާއި އެކު ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމާއި ދެކޮޅު ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިމިގްރޭޝަންގެ ގާނޫނަށް އެ އިސްލާޙް ހުށަހަޅުއްވާ ފައި ވަނިކޮށް، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ރޮޒައިނާ މިގޮތަށް ވިދާޅުވީ ރޭ އޭނާ ކުރަށްވާފައިވާ ޓްވީޓެއްގައި އެވެ. އެ ޓްވީޓްގައި ރޮޒައިނާ ވިދާޅުވެފައި ވަނީ އެއްލައްކަ ރުފިޔާގެ އިންވެސްޓްމަންޓެއް އަކާ...