އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ، ހުޅުލެ އަދި ހުޅުމާލެ އަށް
ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށެވެ. މާލެއަށް 159.3 މިލިމީޓަރު, ހުޅުލެއަށް 143.4 މިލިމީޓަރު އަދި ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ […]