Skip to main content
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
''މި މަހުގެ ފަހުކޮޅު ޑޮލަރު ލިމިޓަށް ލުޔެއް ލިބޭނެކަމުގެ އުންމީދެއް''
Raajje

''މި މަހުގެ ފަހުކޮޅު ޑޮލަރު ލިމިޓަށް ލުޔެއް ލިބޭނެކަމުގެ އުންމީދެއް''

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅިގެން ބޭންކުން އަޅާފައިވާ ފިޔަވަޅުތަކަށް މި މަހުގެ ފަހުކޮޅު ލުޔެއް ދޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ”ބޭންކް އޮފް […]

މަގާމާ ހަވާލުވެވަޑައިގަތީއްސުރެ އަމިއްލަ ކަމެއްގައި ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއް ނުވާނެ: ރައީސް
Raajje

މަގާމާ ހަވާލުވެވަޑައިގަތީއްސުރެ އަމިއްލަ ކަމެއްގައި ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއް ނުވާނެ: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ މިހާތަނަށް ކުރެއްވި އެއްވެސް އަމިއްލަފުޅު ދަތުރުފުޅަކަށް ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ހަރަދު ކުރައްވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނަމަވެސް، އެމަނިކުފާނު އެ ހުއްދައިގެ ބޭނުން ނުކުރައްވާ ކަމަށެވެ. ރައީސް އިތުރަށް ފާހ...

ކުޅިވަރުގެ މައިދާންތަކުގައި ނަމާދު ކުރެވޭނެ ގޮތް ހަދައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަނީ
Raajje

ކުޅިވަރުގެ މައިދާންތަކުގައި ނަމާދު ކުރެވޭނެ ގޮތް ހަދައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަނީ

ކުޅިވަރު ކުޅޭ މައިދާންތަކާއި މަރުކަޒުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން އިޢުލާން ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި މުޖުތަމަޢެއް ކަމަށެވެ. އެހެންކަމުން، ހުރިހާ މާނައެއްގައި އިސްލާމީ އަސާސްތަކުގ...

ރާއްޖޭގައި 16 އަހަރުންދަށުގެ ކުދިންނަށް މީސް މީޑިއާގެ އެޕްތަކެއް މަނާކުރަނީ
Raajje

ރާއްޖޭގައި 16 އަހަރުންދަށުގެ ކުދިންނަށް މީސް މީޑިއާގެ އެޕްތަކެއް މަނާކުރަނީ

ދިވެހިރާއްޖޭގައި ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާގެ ބައެއް އެޕްތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއީ ދިވެހި ޒުވާން ޖީލުގެ ރައްކާތެރިކަމަށްޓަކައި އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ނިންމެވުމަކީ އެންމެ ގިނަވެ...

އަލުން ވިސްނުމަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ މަޖިލީހަށް 
Raajje

އަލުން ވިސްނުމަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ މަޖިލީހަށް 

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ. މި ބިލަކީ 14 މެއި 2026 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، 19 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެ...

ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސްގެ އިލްތިމާސް
Raajje

ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސްގެ އިލްތިމާސް

ދުންފަތުގެ އިސްތިއުމާލުކުރުމާއި ނިކޮޓިންއަށް ދެވިހިފުމުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވިމެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އީ-ސިނގިރޭޓް މަނާކުރުމާއި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޖީލީ ގޮތުން ދުންފަތް މަނާކުރި ގައުމަށް ރާއްޖެ ވެގެންދ...

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
Raajje

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތީ 25 މެއި 2026 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް ރާއްޖެ ވަޑައިގެންފައިވާއިރު ޢީދު ބަންދަށްފަހު މާދަމާ ރަސްމީކޮށް ސަރުކާރު ހުޅުވާނެއެވެ.

''ސްކައުޓް ހަރަކާތަކީ އެއްބައިވަންތަކަމުގެ ފާލަމެއް، އިންސާނިޔަތުކަމުގެ ނަމޫނާއެއް''
Raajje

''ސްކައުޓް ހަރަކާތަކީ އެއްބައިވަންތަކަމުގެ ފާލަމެއް، އިންސާނިޔަތުކަމުގެ ނަމޫނާއެއް''

ސްކައުޓް ހަރަކާތަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށާއި، އެއީ އިންސާނިއްޔަތުކަމުގެ ނަމޫނާއެއް ކަމަށް ރާއްޖޭގެ ޗީފް ސްކައުޓް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް...

އިސްލާމީ އިމުގެ ތެރެއިން ޢީދު ކުޅިވަރުކުޅެ އުފާކުރަން ރައީސްގެ އިލްތިމާސް
Raajje

އިސްލާމީ އިމުގެ ތެރެއިން ޢީދު ކުޅިވަރުކުޅެ އުފާކުރަން ރައީސްގެ އިލްތިމާސް

ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާފާޅުކުރުންތައް ކުރިއަށްގެންދާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.   އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، އަޟްޙާ ޢީދަކީ މާތްﷲ ވަރަށް މުހިއްމު ޢިބްރަތްތަކަކާއި ޙިކުމަތްތަކެއް އެކަމުގައި ލައްވާފައިވާ ޢީދެއް ކަމަށެވެ. އަދި މިއީ މުޅި އިސްލާމީ އުންމަތް އެއް ސަފަކަށް ތަރުތީބުކޮ...

''ފުޓްބޯޅައިގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމަކީ ލިބޭ ބޮޑު އުފަލެއް''
Raajje

''ފުޓްބޯޅައިގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމަކީ ލިބޭ ބޮޑު އުފަލެއް''

ފުޓްބޯޅައިގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި، އަންނަން އޮތް ޖީލުތަކަށް އެ ކުޅިވަރުން ލިބިދޭ ހިތްވަރަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގައި ފާހަގަކުރާ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މުޅި ދުނިޔެ އެއްބައިވަންތަކޮށްދޭ މި ރީތި ކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރި ތަހުނިޔާއެއް އަރިސްކުރައްވ...

ރައީސް އުރުދުންގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
Raajje

ރައީސް އުރުދުންގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ. މިގޮތުން ރައީސް ވަނީ އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، އެޤައުމުގެ ރަސްގެފާނު ޢަބްދުالله ދެވަނަ އިބްނު އަލް ޙުސައިންއަށާއި، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް، ޑޮކްޓަރ ޖައުފަރު ޙަސަންއަށް، ތަހުނިޔާ ސިޓީފުޅު ފޮނުއްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި އުރުދުންގެ ރަސްގެފާނަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ، ދިވެހި ސަރުކާ...

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް
Raajje

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާއިރު، މި ދުވަސްވަރަކީ ޙައްޖު ދުވަހާއި ބޮޑު ޢީދާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްވަރެކެވެ. މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި، އެ މަހުގެ 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވުމާއެކު، މެދުނުކެނޑޭ ގޮތަށް މެއި 22 އިން 30 އަށް ދިގު […]

ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ޙާދިސާއާއި ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ
International

ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ޙާދިސާއާއި ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ

ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ނުރައްކާތެރި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާތީ އެކަމާ ހިތާމަ ކުރައްވާކަމުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާ ތަކަށާއި، ޗައިނާ ސަރުކާރަށާ ރައްޔިތުންނަށް، ދިވެހި ސަރުކާރާ...

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނަކު ދަަސްވެނިވެއްޖެ
Raajje

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނަކު ދަަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނަކު މިއަދު ދަސްވެނިވެއްޖެއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދަސްވެނިވި ހުރިހާ ޒުވާނުންނަށް މަރުޙަބާ ވިދާޅުވެފައެވެ. މި ފަހަރު ދަސްވެނިވި ޒުވާނުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ. ރައީސްގެ މެސެޖުގައި މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، އެ […]

ވަކިވެ ދިޔައީ އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރެއް، ރައީސްގެ ތައުޒިޔާ
Raajje

ވަކިވެ ދިޔައީ އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރެއް، ރައީސްގެ ތައުޒިޔާ

ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ފޮނުއްވައިފިއެވެ. މީސްމީޑިއާ މެދުވެރިކުރައްވައި، މަރްޙޫމް ޢަލީ ޒުބައިރުގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވަމުން  ރައީސް މުޢިއްޒު ވިދާޅުވީ އަލްމަރްޙޫމް ޢަލީ ޒުބައިރަކީ ދައުލަތަށް 43 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކ...