Skip to main content
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ފަލަސްތީނަށް ތާއީދުކުރުން މަތީ ދިވެހިން ދެމިތިބޭނެ: ރައީސް
Raajje

ފަލަސްތީނަށް ތާއީދުކުރުން މަތީ ދިވެހިން ދެމިތިބޭނެ: ރައީސް

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އެއްބާރުލުންދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސާ ޑޮކްޓަރު ނޫމާން ކުރްތުލުމުސްއާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ފަ...

ތުރުކީން ރާއްޖެއަށް ދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލާޝިޕްތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje

ތުރުކީން ރާއްޖެއަށް ދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލާޝިޕްތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ތުރުކީވިލާތުން ދިވެހިރާއްޖެއަށ ްދޭ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލާޝިޕް ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާކުރައްވާފައި ވަނީ، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން، ޔޫސުފް ތެކިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއިއެކު އިއްޔެ ކުރިއަށް ގެންދެވި ބައްދަލުކޮށްލެއްވުމުގައެވެ. ތުރުކީގެ ރައީސް، އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންކާރާގައި ހުންނަ ޕްރެޒިޑެންޝ...

ތުރުކީގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަން މަޝްވަރާކޮށްފި
Raajje

ތުރުކީގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަން މަޝްވަރާކޮށްފި

ތުރުކީގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ދާއިރާއިން ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގަން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ގެންދަވާފައި ވަނީ އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހީމް ޔުމާކްލީ މިއަދު ރައީސް ޑރ. މުޢިއްޒާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ދ...

''ތުރުކީގައި ދިވެހި އެމްބަސީއެއް ހުޅުވަން މަޝްވަރާކޮށް، ލުއި ހޯދައިދޭން މަސައްކަތް ކުރާނަން''
Raajje

''ތުރުކީގައި ދިވެހި އެމްބަސީއެއް ހުޅުވަން މަޝްވަރާކޮށް، ލުއި ހޯދައިދޭން މަސައްކަތް ކުރާނަން''

ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށާއި، ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޔަގީންކަން ދެއްވީ، ރައީސްގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކ...

ނައިބު ވަޒީރުކަމުގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނު ކުރައްވައިފި
Raajje

ނައިބު ވަޒީރުކަމުގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އެކި ވުޒާރާތަކުގެ ނައިބު ވަޒީރުންގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. އެ ބޭފުޅުން އައްޔަނު ކުރެއްވި ވުޒާރާތައް ރައީސް އޮފީހުން މިއަދު ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނާއި، އެ ބޭފުޅުން ޢައްޔަނުކުރެއްވި ވުޒާރާތަކަކީ، 1. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބުގެ މަގާމަށް، ޞާލިޙް ޙުސައިން 2. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބުގެ މަގާމަށް، ޢާއިޝަތު ޝަހުދާ ޢަބްދުﷲ 3. މ...

ރާއްޖެ-ތުރުކީ: ދެ ރައީސުންގެ ބައްދަލުވުމުގައި އިސްރާއީލުގެ އުދުވާނު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
Raajje

ރާއްޖެ-ތުރުކީ: ދެ ރައީސުންގެ ބައްދަލުވުމުގައި އިސްރާއީލުގެ އުދުވާނު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ރައީސް ޑރ. މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ރޭ ކުރިއަށް ގެންދިޔަ ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކުގައި، ދެ ރައީސުން ވަނީ، ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުން...

ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ހަމަޖައްސައިފި
Raajje

ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ހަމަޖައްސައިފި

ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، 17 ނޮވެންބަރު 2023 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައި، ރައީސް ޑރ. މުޢިއްޒު ވަނީ އެކަން ވުޒާރާތަކަށް އަންގަވާފައެވެ. މި ސަރުކާރުގައި ޖުމްލަ 22 ވުޒާރާއެއް ހިމެނޭއިރު، ވުޒާރާތަކަށް ދިވެހިބަހުން ކިޔަން ނަންތައް ހަމަޖައްސަވާފައިވާ ގޮތަކީ، މިނިސްޓްރީ އޮފް ޑިފެންސް –...

އާ ރައީސް ދުވަސް ފެއްޓެވީ ފަތިސްނަމާދު ޖަމާއަތުން، ހުވާކުރެއްވުމަށްފަހު ވަޑައިގަތީ މަޣުރިބް ނަމާދު ޖަމާއަތަށް
Raajje

އާ ރައީސް ދުވަސް ފެއްޓެވީ ފަތިސްނަމާދު ޖަމާއަތުން، ހުވާކުރެއްވުމަށްފަހު ވަޑައިގަތީ މަޣުރިބް ނަމާދު ޖަމާއަތަށް

ޢާންމުކޮށް މާލޭގެ ވިޔަފާރިވެރިންގެ މިސްކިތަށް ފަތިސްނަމާދަށް ޖަމާއަތަށް އަރާމީހުންނަށް އެއީ އާ މަންޒަރެއްނޫނެވެ. ސަބަބަކީ އިއްޔެ ހުވާކުރައްވައި، ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގެން ޑރ. މުހައްމަދު މުޢިއްޒު ޢާންމުގޮތެއްގައި އެ މިސްކިތަށް ޖަމާއަތަށް ފަތިސް ނަމާދަށް ވަޑައިގަންނަވާތީއެވެ. ފަތިސް ނަމާދުގެ އިތުރުން ވެސް އިތުރު ނަމާދުތަކަށް ވެސް މުޢިއްޒު އެ މިސްކިތަށް ވަޑައިގަންނަވައެވެ. ޚާއްޞަކަމެއް ގޮތުގައި މީހުން މީސްމީޑިއާގައި މިކަން ފާހަގަކުރަމުން އަންނަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސްކަމަ...

ރައީސް ޑރ. މުޢިއްޒު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
Raajje

ރައީސް ޑރ. މުޢިއްޒު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ. ރޭ ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ބައްދަލުވުމާގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ސްރީލަންކާގެ ރައީސް ރާއްޖެއަށް...

އެޑްވައިޒަރުންގެ މަގާމަށް ތިން ބޭފުޅަކު
Raajje

އެޑްވައިޒަރުންގެ މަގާމަށް ތިން ބޭފުޅަކު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެޑްވައިޒަރުންގެ މަގާމަށް ތިން ބޭފުޅަކު މިރޭ ޢައްޔަނު ކުރައްވައިފިއެވެ. އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިރޭ 8:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިގޮތުން އެ ތިން އެޑްވައިޒަރުންނަކީ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ- ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕް...

ރައީސް އޮފީހަށް ފަސް މިނިޓަރުން ޢައްޔަނުކުރައްވައިފި
Raajje

ރައީސް އޮފީހަށް ފަސް މިނިޓަރުން ޢައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހަށް ފަސް މިނިޓަރުން ޢައްޔަނުކުރައްވައިފިއެވެ. ރައީސް އޮފީހަށް މިރޭ ޢައްޔަނުކުރެއްވި ފަސް މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޢިއްޒެވެ. މިގޮތުން މިރޭ ޢައްޔަނު ކުރެއްވި ފަސް މިނިސްޓަރުންކުރެ ޢަލީ ޢާރިފް ޢައްޔަނުކުރައްވާފައި ވަނީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމަށެވެ. އަދި އިބްރާހީމް ޚަލީލް ޢައްޔަނުކުރެއްވީ މިނިސްޓަރ އެ...

ޑިފެންސް ފޯސްގެ ވެރިޔަކަށް އަބްދުއްރަހީމް ޢައްޔަނުކޮށްފި
Raajje

ޑިފެންސް ފޯސްގެ ވެރިޔަކަށް އަބްދުއްރަހީމް ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ހަމަޖައްސަވައިފި އެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް ޢައްޔަނު ކުރައްވައި، އެ މަގާމުގެ ފަތްކޮޅު އޭނާއަށް ހަވާލުކޮށްފައި ވަނީ ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއް ގައެވެ. އެ މަގާމަށް އަބްދުއްރަހީމް ޢައްޔަނުކުރެއްވިއިރު އޭނާ ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ. ނިމިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސް މަގާމުގައި […]

ޗީފް އޮފް ސްޓާފަކަށް ފަޔާޟް
Raajje

ޗީފް އޮފް ސްޓާފަކަށް ފަޔާޟް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ޢަބްދުالله ފަޔާޟް ޢައްޔަނު ކުރަށްވައިފިއެވެ. ރައީސް ޑރ. މުޢިއްޒު އެ މަޤާމަށް ފަޔާޟް ޢައްޔަނުކުރައްވައި، މަގާމުގެ ފަަތްކޮޅު އެރުވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ފަޔާޟް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި މިހާރު ރައީސް ޑރ. މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ ނައިބު ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓް ވެސް މިރޭ ހުވާކުރައްވާފައިވާއިރު، […]

ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި އަދުރޭ އަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަން
Raajje

ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި އަދުރޭ އަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަން

ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ)، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް ޢައްޔަނު ކުރައްވައިފިއެވެ. އަދުރޭ މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ، ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައެވެ. އަދުރޭ އަށް މަގާމުގެ ފަތްކޮޅު އެރުވީ، ރައީސް އޮފީހުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒެވެ.

''ބޭރު ސިފައިން ނެތް ތަނަކަށް ރާއްޖެ ހަދާނަން، ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތް''
Raajje

''ބޭރު ސިފައިން ނެތް ތަނަކަށް ރާއްޖެ ހަދާނަން، ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތް''

ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތްކަމަށާއި، ބޭރު ސިފައިން ނެތް ތަނަކަށް ރާއްޖެ ހައްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ތަޤްރީރުގައި ވަރަށް ޖޯޝާއެކު އެމަނިކުފާނު ވިދާޅުވީ، ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށެވެ. އަދި އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި، އެމަނިކުފާނަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް، އެންމެ ފުރަތަ...