''ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ''
”ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ” ކަމަށާއި، މި ސަރުކާރަށް ސަރުކާރުގެ ޚަރަދު ނުބެލެހެއްޓި ބަޖެޓު އޮތީ ހުސްކޮށްލާފައި ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ސަޕްލިމެންޓްރީގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، ދައުލަތުގެ ފައިސާ ޚަރަދު ކުރުން އޮންނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މިންވަރަކަށް ފާސް ކުރާ ދުވަހަކ...