މާލޭގެ ތަރައްގީ އަށް ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ފަށަނީ
މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރުގައި މާލޭގެ ތަރައްގީ އަށް ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ކަންގަތި އެވޯޑް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރު ރައްޔިތުންނަށް ކޮށްދޭން އުޅުއްވި މުހިންމު ބޮޑެތި ގިނަ ކަންތައްތަކެއް އޭރު އޮތީ ހުއްޓުވާފައި ކަމަށެވެ. އޭރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށާއި ލޯކަލް […]