Skip to main content
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓަށް ރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޤައުމުތަކުގެ މަންދޫބުންގެ ތައުރީފް
Raajje

ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓަށް ރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޤައުމުތަކުގެ މަންދޫބުންގެ ތައުރީފް

އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް، ދިވެރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޒިޔާރަތްކުރެއްވި ބައިނަލްއަޤްވާމީ މަންދޫބުން ތަޢުރީފު ކުރަށްވައިފިއެވެ. މި ތައުރީފް ކުރަށްވާފައި ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ވަފުދުގެ މަންދޫބުންނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، އުކުޅަހުގައި ކުރިއަށްދިޔަ ސްމ...

ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރެއް ހޭދަކުރެވެން ވާނީ ކަނޑައެޅިފައިވާ މަގުސަދުގައި: ރައީސް
Raajje

ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރެއް ހޭދަކުރެވެން ވާނީ ކަނޑައެޅިފައިވާ މަގުސަދުގައި: ރައީސް

ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް އަދި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އޭ) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމު...

ބެލްޖިއަމް އާއި އީޔޫ އަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރުކަމަށް ދިޔާނާ
Raajje

ބެލްޖިއަމް އާއި އީޔޫ އަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރުކަމަށް ދިޔާނާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ސ.ހުޅުދޫ، ގޯރަންވިލާ ފާޠިމަތު ދިޔާނާ، މިއަދު ޢައްޔަންކުރައްވައިފިއެވެ. ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިޔާނާއާ މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވާފައެވެ. ދިޔާނާ ސަޢީދަކީ ތަޢުލީމީ ގޮތުން މަތީ ފާސްތަކެއް ހާސިލްކުރައްވާފައި...

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބުކަމަށް މަމްދޫހް
Raajje

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބުކަމަށް މަމްދޫހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް، މއ.އެރަލްސީ، އަޙްމަދު މަމްދޫހް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަމްދޫހަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ....

ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތު: ރައީސް
Raajje

ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތު: ރައީސް

ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ޚިޠާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމާއި، ޤައުމުގެ ކަންކަމުގައި ބަސް ބުނުމުގެ މިނިވަންކަން ޒުވާނުންނަށް އޮންނަން...

''ޢަޒުމަކީ ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ އަޚްލާޤު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުން''
Raajje

''ޢަޒުމަކީ ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ އަޚްލާޤު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުން''

ސަރުކާރުގެ އެންމެ ބޮޑު އެއް ޢަޒުމަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ އަދި އަޚްލާޤު ރަނގަޅު ޞިއްޙަތު ހެޔޮ ކުދިންތަކެއް ބިނާކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމާއި ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފައްޓަވާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ މަޤްޞަދަކީ މަސައްކަތްކުރާހިތްވާ، ޤައުމަށް ޚިދުމަތްކުރާހިތްވާ ހަށިހެޔޮ ޖީލެއް...

''2.0 މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި އެފިޝަންޓް ގޮތެއްގައި ޚިދުމަތްތައް ޑެލިވަރ ކޮށްދިނުން''
Raajje

''2.0 މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި އެފިޝަންޓް ގޮތެއްގައި ޚިދުމަތްތައް ޑެލިވަރ ކޮށްދިނުން''

ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢަކީ މުޅި މުޖުތަމަޢުން ކޮރަޕްޝަންގެ ވަބާ ނައްތައިލުމަށާއި، ހަރުދަނާ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އެފިޝަންޓް ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށެވެ. ރައީސް ވިދާ...

މަޝްވަރާ އެރުވުމަށް އިސްރަށްވެހިންނާއި ފަންނީ ބޭފުޅުންގެ ދެ މަޖިލީހެއް
Raajje

މަޝްވަރާ އެރުވުމަށް އިސްރަށްވެހިންނާއި ފަންނީ ބޭފުޅުންގެ ދެ މަޖިލީހެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި، މަޝްވަރާ ބޭނުންވާ ދައުލަތުގެ ބާރުތަކަށް މަޝްވަރާ އާއި ލާފާއެރުއްވުމަށް އިސްރަށްވެހިންނާއި، ފަންނީ މާހިރުންގެ މައްޗަށް އެކުލެވޭ ޤައުމީ ދެ މަޖިލީހެއް އުފައްދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ މިފަދަ މަޖިލީހެއް އުފައްދަވާނެކަމަށް ވިދާޅުވެފައެވެ. މިކަމުގެ ތަފްސީލް ދެއްވަމުން ވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ ޕްރޮގ...

''އިޙްތިރާމް އަދާކުރުމުގެ މައްސަލަ ގޯސްވީ ސިޔާސީ އޮއިވަރުގެ ތެރެއިން، އެކަން ރަނގަޅުކުރެވޭނެ''
Raajje

''އިޙްތިރާމް އަދާކުރުމުގެ މައްސަލަ ގޯސްވީ ސިޔާސީ އޮއިވަރުގެ ތެރެއިން، އެކަން ރަނގަޅުކުރެވޭނެ''

ރާއްޖޭގައި އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ މައްސަލަ އެންމެ ބޮޑަށް ގޯސްވީ ސިޔާސީ އޮއިވަރުގެ ތެރެއިން ރޭވުންތެރިކަމާއެކު އެކަން ނައްތާލުމުން ކަމަށާއި، ނަމަވެސް އެކަން އަލުން ރަނގަޅުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރޫޙު ކުޑަވަމުންދާ މަ...

''ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް ކަރާމާތް ރައްކާތެރިކުރުމަށް އިސްކަންދޭނެ''
Raajje

''ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް ކަރާމާތް ރައްކާތެރިކުރުމަށް އިސްކަންދޭނެ''

ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެކަމަށް ރައީސްޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައެވެ. މި އަހަރުގެ ޝިއާރު ކަމަށްވާ “ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް” އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތަށާއި، ކުށްކުރާ ވިއުގަތަކ...

''މިނިވަން ދުވަހުގެ ޚިޠާބު ބިނާކުރެއްވީ މާޒީގައި ކަންހިނގާފައިވާ ގޮތާއި މުސްތަޤުބަލުގެ ރޭވުންތަކުގެ މައްޗަށް''
Raajje

''މިނިވަން ދުވަހުގެ ޚިޠާބު ބިނާކުރެއްވީ މާޒީގައި ކަންހިނގާފައިވާ ގޮތާއި މުސްތަޤުބަލުގެ ރޭވުންތަކުގެ މައްޗަށް''

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ޚިޠާބަކީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި، އެކަންކަން އިޞްލާޙުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން މުސްތަޤުބަލުގެ ރޭވުންތައް ހާމަކޮށްދެއްވުމަށް ބިނާކުރެއްވި ވާހަކަފުޅެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުނ...

''ތިލަފުށީގައި ގާއިމުކުރާ ޕޯޓުގެ މައިބަދައަކީ ޑިޖިޓަލައިޒް ނިޒާމެއް، އަންނަ ނޮވެމްބަރުގައި އޮޕަރޭޝަނަށް ގެނެވޭނެ''
Raajje

''ތިލަފުށީގައި ގާއިމުކުރާ ޕޯޓުގެ މައިބަދައަކީ ޑިޖިޓަލައިޒް ނިޒާމެއް، އަންނަ ނޮވެމްބަރުގައި އޮޕަރޭޝަނަށް ގެނެވޭނެ''

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުހެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ އާ ވިޔަފާރި ބަނދަރު ތަރައްގީކޮށް، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެވޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ބަނދަރު ތަރައްގީ ކުރަށްވާނީ ޖާގަ ބޮޑު، ވަސ...

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 13 މަރު، ރައީސް މުޢިއްޒުގެ ތައުޒިޔާ
Raajje

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 13 މަރު، ރައީސް މުޢިއްޒުގެ ތައުޒިޔާ

ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި މުދަލަށާއި މުހިންމު ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ޖަޕާނުގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ތަކައިޗީ ސަނާއޭއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށ...

އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރެފި
Raajje

އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރެފި

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުން ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު މިރޭ ރަސްމީކޮށް ހިދުމަތަށް ނެރެފި އެވެ. ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން”ގެ ނަން ދީފައިވާ މި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތު މިރޭ އޮތީ ހުޅުމާލެ ޕޯޓުގައެވެ. މި ރަސްމިއްޔާތުގައި މި މަނަވަރު ކޮމިޝަންކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މިއުޅަނދަކީ އޮސްޓްރޭލިއާގެ ހެން...

ސައޫދީ ވަލީއަހްދުގެ ހާއްސަ މުޝީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ފުރާވަޑައިގެންފި
Raajje

ސައޫދީ ވަލީއަހްދުގެ ހާއްސަ މުޝީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ފުރާވަޑައިގެންފި

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން ސައޫދީއަރަބިއްޔާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ މުޝީރެއްކަމަށްވާ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ފުރައިވަޑައިގެންފިއެވެ. ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބަކީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ....