Raajje
އިސްލާމީ މާލީ ދާއިރާ ކުރިއަރުވަން ''ނޭޝަނަލް އެކްސްޗޭންޖް'' ގެ ނަމުގައި ކުންފުންޏެއް
ރާއްޖޭގެ އިސްލާމީ މާލީ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށާއި ސަރުކާރުގެ މާލީ ބޭނުންތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި، “ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/1...