Raajje
ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ އިންތިޚާބުކޮށްފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް މިއަދު ޢައްޔަނުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް އެ ކޮމިޝަންގެ ރައީސްކަމަށް މިއަދު އިންތިޚާބުކޮށްފިއެވެ. ޖޭއެސްސީން މިއަދު ބުނީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި ހުސްނީ އެ ކޮމިޝަންގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ކަމަށެވެ. އަދި އެކޮމިޝަނުން ވަނީ ހުސްނީ އަށް މަރުޙަބާ ކިޔާފައެވެ. މަޖިލިސް މެމްބަރަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޤާނޫނ...