Skip to main content
Topic Archive

#ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

73 Stories filed
އަދާލަތަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ، އިސްކުރާނީ ގައުމުގެ މަސްލަހަތު: އިމްރާން
Raajje

އަދާލަތަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ، އިސްކުރާނީ ގައުމުގެ މަސްލަހަތު: އިމްރާން

ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީ (އޭޕީ) އަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި، ނަމަވެސް އެ ޕާޓީން އިސްކުރާނީ ގައުމުގެ މަސްލަހަތުކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސްވައިގާ ހިފާފައިވާއިރު، އިމްރާން ކުރިން ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ،  ބަރުލަމާނީ […]

ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ: އިމްރާން
News

ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ: އިމްރާން

ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ބޭނުންފުޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ އެ މަސައްކަރް ފައްޓަވާފައިވާއިރު، އެކަމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓުގައި ވަނީ އޭނާ އެކަމާ ދެކޮޅުކަން ހާމަކުރައްވާފައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެ އަށް އެކަށޭނެ ނިޒާމެއް ނޫން ކަމަށާއި، ރާއްޖޭގެ މިއަދުގެ...

ރަޙްމަތްތެރިޔަކީ ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު: އިމްރާން
Raajje

ރަޙްމަތްތެރިޔަކީ ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު: އިމްރާން

ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން އިއްޔެ ހަވީރު ބޭއްވި އިސްރައްވެހިންގެ ހަވީރުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ހެޔޮލަފާ، ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖެވެރި ކުރުމަ...

ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ، ވަރަށް ގިނަކަންކަން ފެއިލް ވެގެން: މިނިސްޓަރ އިމްރާން
Raajje

ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ، ވަރަށް ގިނަކަންކަން ފެއިލް ވެގެން: މިނިސްޓަރ އިމްރާން

ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ ވަރަށް ގިނަކަންކަން ފެއިލް ވެގެންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ހއ.ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުޢީ ޤާނޫނީ އަދަބެއް އަންނަނީ ހަތަރުވަނައަށް ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ. ނުވަތަ 3 ކަމެ...

ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފި
Raajje

ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފި

ހޯމް މިނިސްޓްރީން ހއ. ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފި އެވެ. އެ ރަށުގައި  މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯރަފުށީގައި މިއަދު ބިންގާ އެޅިގެންދިޔަ ހާފްވޭ ހައުސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީ ކޮޅު ނިމިގެންދާނެ ކަމަށާއި އެއީ ސަރުކާރު ފުރަތަމަ ފެށީއްސުރެ ކުރަހާފައޮތް ރީތި މަގުތަކުގައި ހިނގަމުން އައިސް އޭގެ ނަތީޖާއާ ހަމައަށް ދެވޭ […...

ދީނީ އިލްމުވެރިންނަށް އަނިޔާވެރިއެއް ނުވަން: އިމްރާން
Raajje

ދީނީ އިލްމުވެރިންނަށް އަނިޔާވެރިއެއް ނުވަން: އިމްރާން

އެއްވެސް މީހަކަށް ވަކިން ޚާއްޞަކޮށް ދީނީ އިލްމުވެރިންނަށް އަނިޔާވެރި ނުވާ ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޔޯގާ މައްސަލައާ ގުޅިގެން ފުލުހުން ބަންދުކުރި ޢިލްމުވެރިންނަށް ސަރުކާރުން އަނިޔާވެރި ވަމުން ގެންދާ ކަމަށް ބުނެ ފާޑު ކިޔަމުން ގެންދާ ފަރާތްތަކަށް ރައްދު ދެއްވައި މިނިސްޓަރު ޢިމްރާން ޢަބްދު ވިދާޅުވީ މާތް ﷲ އިރާދަ ކުރެއްވިއްޔާ އެއްވެސް މީހަކަށް، ވަކިން ޚާއްޞަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާ ނުކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ […]

މަރުގެ ޙުކުމްތަކުގައި ޢަމަލުކުރާނީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލުކުރަމުން އައިގޮތަށް: އިމްރާން
Raajje

މަރުގެ ޙުކުމްތަކުގައި ޢަމަލުކުރާނީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލުކުރަމުން އައިގޮތަށް: އިމްރާން

ކޯޓުތަކުން ނިންމާ މަރުގެ ޙުކުމް ތަންފީޒު ކުރުމާއިގުޅޭ ގޮތުން މި ސަރުކާރުން އަމަލުކުރާނީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލުކުރަމުން އައިގޮތަށް ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ޠާރިގު މިއަދު ސުވާލު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަ...

މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންފި
Thiladhunmathi News

މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންފި

ހޯމް މިނިސްޓަރ އައްޝައިޚު ޢިމްރާން ޢަބްދުالله މިއަދު ށ.މިލަންދޫއަށް ވަޑައިގެންފިއެވެ. މިނިސްޓަރ އިމްރާންގެ މިދަތުރުފުޅުގައި އެމިނިސްޓްރީގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން އެދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން ބައެއް ޔުނިވަރސިޓީތަކުގެ ލެކްޗަރައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި  ޔޫތު ލީޑާރސް ނެޓްވޯކުގެ ފަރާތުން މިލަންދޫގައި ބާއްވާ “ ޒުވާން ލީޑަރުންގެ ފޯރަމް 2022 “ ހުޅުވުމުގެ ރަ...

ރައީސްއާއިއެކު ކޯލިޝަން ޕާޓީތަކަށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ: އިމްރާން
Raajje

ރައީސްއާއިއެކު ކޯލިޝަން ޕާޓީތަކަށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ: އިމްރާން

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއިއެކު، ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަދި ވެރިކަންކުރާ އިއްތިހާދުގެ އެއްބައިވެރިޔާ، އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންކަން ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް (ފަޔާ) އަށާއި، އެމްޑީޕީއަށް މަރުޙަބާ ކިޔުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓް...

މިނިސްޓަރ އިމްރާން، މިއަދު ރޯދަވީއްލީ ޤައިދީންނާއެކު މާފުށީ ޖަލުގައި
Raajje

މިނިސްޓަރ އިމްރާން، މިއަދު ރޯދަވީއްލީ ޤައިދީންނާއެކު މާފުށީ ޖަލުގައި

ރޯދަމަހުގެ ފުރަތަމަ ދުވަހު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ މާފުށީ ޖަލުގެ ޤައިދީންނާއެކު މިއަދު ރޯދަ ވީއްލުމުގައި ބައިވެރި ވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވީ މިރޯދަވީއްލުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ އިތުރުން އެމްސީއެސްގެ ބައެއް އިސްވެރިން ބައިވެރިވެލެވިކަމަށެވެ. ރޯދަ ވީއްލުމުގެ ކުރިން މިނިސްޓަރ އިމްރާން ވަނީ އެޖަލުގެ ބައެއް ގައިދީން ނާއި ބައްދަލުކުރައްވާފަ އެވެ. މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އި...

"ފުލުހުންނަށް ލިބޭ ކޮންމެ މޮޅަކީ ޤައުމަށް ލިބޭ މޮޅެއް"
Raajje

"ފުލުހުންނަށް ލިބޭ ކޮންމެ މޮޅަކީ ޤައުމަށް ލިބޭ މޮޅެއް"

ދިވެހި ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުމެއްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ސައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމުގައެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލު...

"މައި ކައުންސިލް"ގެ ނަމުގައި މޯބައިލް އެޕެއް ތައްޔާރުކުރަނީ
Raajje

"މައި ކައުންސިލް"ގެ ނަމުގައި މޯބައިލް އެޕެއް ތައްޔާރުކުރަނީ

ކައުންސިލްތަކުން ފޯރުކޮށްދޭ މަސައްކަތްތައް ހަލުވިކޮށް ހިންގުން ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ޑިޖިޓައިޒްކުރުމުގެ މަސައްކަތް، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަމުންދާކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކުން ފޯރުކޮށްދޭ މަސައްކަތްތައް ހަލުވިކޮށް ހިންގުން ހަރުދ...

ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއެކު އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާ ބައްދަލުވާ ރައްޔިތު މީހާ: އިމްރާން
Raajje

ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއެކު އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާ ބައްދަލުވާ ރައްޔިތު މީހާ: އިމްރާން

ދިވެހި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއެކު، އެކަމުން އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާ ބައްދަލުވާ ރައްޔިތު މީހާ ކަމަށް މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައި، އެ ކެމެރާތައް ބޭނުންކުރަން ފެށީ އިއްޔެއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޒަމާނީ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާ ހެދުމަށް، އެ މު...

ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތްދޭން ފަށައިފި
Raajje

ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތްދޭން ފަށައިފި

ރ. ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ހިދުމަތްދޭން ފަށައިފިއެވެ. މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ އާއި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު […]

އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުވޭނެ: އިމްރާން
Raajje

އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުވޭނެ: އިމްރާން

އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުރިވެގެންދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓިގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާ ހާއްސަކޮށް ކުޅުދުއްފުށި ސ...