"ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް" މާޗު މަހު ބާއްވަނީ
ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް އާންމުންގެ މަޝްވަރާއަށް ހުޅުވާލައިފި އެވެ. “ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް” ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ މާރޗު 18 އިން 21 ގެ ނިޔަލަށެވެ. މި ކޮންފަރެންސާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން ހިމެނޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދު...