Skip to main content
Topic Archive

#ހުކުރު ހުތުބާ

124 Stories filed
''މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާވަޞިއްޔަތެއް''
Column

''މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާވަޞިއްޔަތެއް''

މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ކުރައްވައިފައިވާ މަތިވެރި ވަޞިއްޔަތެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫއަށް މިއަދު ގެނެސްދިން ހުތުބާގައި މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައިފައެވެ. ހުތުބާގައި ބުނެފައި ވަނީ، އަހަރެމެންނަކީ ޒަމާނުއްސުރެން މާތް ﷲގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވ...

ނަމާދަކީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށެވެ!
Raajje

ނަމާދަކީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށެވެ!

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާގައި، ނަމާދުގެ މަތިވެރިކަމާއި، ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލައިފިއެވެ. “ނަމާދަކީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށޭ!” މި މައުޟޫއަށް ދެވުނު މި ހުތުބާގައި، ނަމާދަށް ރައްކާތެރިވުމުގެ ދުނިޔަވީ އަދި އުޚްރަވީ ފައިދާތައް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. ހުކުރު ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ...

''ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެން''
Column

''ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެން''

ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ގޭތެރޭގެ މާޙައުލުން ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ނައްތާލައި، އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި ޢާއިލާ ބައްޓަންކުރުމުންކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ބުނެފިއެވެ. “ރަނގަޅު ޢާއިލާއެއް ބިނާކުރުން” މައުޟޫއަށް ޚާއްސަކުރެވިފައިވާ މި ޚުޠުބާގައި ވަނީ ޢާއިލާއަކީ ދުނިޔަވީ ޙަޔާތުގެ މުޑުވައް ކަމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް ޢާއިލާގެ ދައުރު މުހިންމުކަން ފާހަގަކޮށްފައެވެ. މިއަދުގެ ޚުޠުބާގައި ބުނެފައިވާ...

''މުސްތަޤުބަލު އުޖާލާވާނީ ޅަފަތުގައި އިސްލާމީ ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން''
Column

''މުސްތަޤުބަލު އުޖާލާވާނީ ޅަފަތުގައި އިސްލާމީ ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން''

އިސްލާމީ އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، ޅަފަތުގައި، އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާގައި، ދީނާ ދުރުކަމުން ޒުވާނުންނަށް ކުރިމަތިވާ ނުރައްކާތަކާއި، މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ޚިލާފު އާދަތަކަށް އަލިއަޅުވައިލާ، މިފަދަ ކަންކަމުން ރައްކާތެރިވުމަށް ގޮވާލާފައިވެއެވެ. ”ރަނގަޅު މުޖުތަމަޢެއް ބިނާކުރުން” މި މައުލޫއަށް...

އަސްހާބުބޭކަލުންނަށް ބަދުބަސް ބުނާ މީހެއްގެ އަގީދާ ފާސިދުވާނެ: ހުތުބާ
Column

އަސްހާބުބޭކަލުންނަށް ބަދުބަސް ބުނާ މީހެއްގެ އަގީދާ ފާސިދުވާނެ: ހުތުބާ

އަސްހާބުބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމްވެވަޑައިގަތް ބޭކަލުންކަމަށާއި، އެބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެމީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލަކަށްފުދޭ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ. އަސްހާބުބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެ މީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލެއް ކަމުގައި ބަޔާންކޮށް މި މައްސަލައިގައި اَلْإِمَامُ أَبُوْ زُرْعَة (ރަހިމަހުﷲ) ގެ ބަސްފުޅެއް ހުތުބާގައި ވަނީ ގެންނަވާފައެވެ. އެ ބަސްފުޅުގައި ވަނީ ރަސޫލާ (ސއވ) އަސްހާބުބޭކަލެއްގެ ގަދަރު ކުޑަކ...

''ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރުމަށް ފަސޭހަވާނޭ ކަމެއް''
Religion

''ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރުމަށް ފަސޭހަވާނޭ ކަމެއް''

ކީރިތި ޤުރުއާން ހިތުދަސް ކުރުމަކީ އެހެނިހެން އިލްމުތައް ހާސިލްކުރުމަށް ފަސޭހަވެގެންދާނޭ ކަމެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ. ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރާން ފަސޭހަވާނޭ ކަމެކެކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ހަދީޘް އިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވި ކަމަށެވެ. އެގޮތުން اَلْإِمَامُ النَّوَوِيْ رَحِمَهُ اللهُ ވިދާޅުވެފައިވެ...

''ޖުވާ ކުޅެގެންނާއި ޙަރާމް އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ ބޭނުންކުރުން ހެޔޮނުވާނެ''
Religion

''ޖުވާ ކުޅެގެންނާއި ޙަރާމް އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ ބޭނުންކުރުން ހެޔޮނުވާނެ''

ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ދުރުވުމަށް މިއަދު ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ. މިއަދުގެ ޚުޠުބާގެ މައުލޫއަކީ ”ޖުވާއާއި އޭގެ އާމްދަނީ ޙަރާމެވެ.” މި މައުޟޫއަށް ގެނެސްދީފައިވާ ޚުޠުބާގައި ޖުވާގެ ނުރައްކާތެރިކަމާއި، ދީނީ ގޮތުން އެކަމުގައި ހިމެނޭ ގެއްލުންތައް ވަނީ ހަނދާންކޮށްދީފައެވެ. މިއަދުގެ ޚުޠުބާގައި މުހިންމު ބައެއް ނުކުތާތައް ތިރީގައި އެވަނީއެވެ. ޖުވާގެ ތަޢާރަފާއި، ޖުވާ ޙަރާމްވުމުގެ ސ...

ވަހުމް އުފެދޭ މުޢާމަލާތްތަކުން މަންފާ ހޯދާމީހުންނަށް ހުތުބާގައި ހެޔޮ ނަސޭހަތް
Report

ވަހުމް އުފެދޭ މުޢާމަލާތްތަކުން މަންފާ ހޯދާމީހުންނަށް ހުތުބާގައި ހެޔޮ ނަސޭހަތް

ޙަލާލުގޮތުގައި މާލީ މުޢާމަލާތްތައް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، ވަހުމް އުފެދޭ މުޢާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ މުޢާމަލާތްތަކަށް ރުޖޫޢަވުމަށް މިއަދުގެ ހުކުރު ދުވަހުގެ ޚުޠުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، الله سُبْحَانَهُ وَتَعَالَى ހެއްދެވި އެންމެހައި މަޚްލޫޤުންގެ ތެރެއިން އެންމެ މާތްކުރައްވައި، މަތިވެރިކުރައްވައިފައިވަނީ އިންސާނާއެވެ. އެއީ، އޭނާއަށް ހެވާއި ނުބައި ވަކިކޮށް، ދެނެގަނެވޭނެ ބުއްދ...

''މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި ކުޑަކުއްޖެއް ބޮޑުމީހެއް މުއްސަނޖެއް ފަޤީރެއް އެނޫންވެސް މީހެއް ތަފާތެއްނެތް''
Report

''މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި ކުޑަކުއްޖެއް ބޮޑުމީހެއް މުއްސަނޖެއް ފަޤީރެއް އެނޫންވެސް މީހެއް ތަފާތެއްނެތް''

އިސްލާމްދީނުގައި އުޚުއްވަތްތެރިކަމަކީ އެންމެ މަތިވެރި އަދި މުހިންމު އެއް އަސާސެވެ. މި މަތިވެރި ދީނުގައި މުއްސަނދި މީހަކާއި ފަޤީރު މީހަކާ ދެމެދު، ނުވަތަ ދޮން މީހަކާއި ކަޅު މީހަކާ ދެމެދު، އަދި ކުޑަކުއްޖަކާއި ބޮޑު މީހަކާ ދެމެދު އެއްވެސް ތަފާތެއް ނުކުރެއެވެ. އެންމެހައި މުސްލިމުންނަކީ އެއް އުއްމަތެއްގެ ގޮތުގައި ބަލައި، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ލޯބިވާންޖެހޭ ބައެކެވެ. މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި މުއްސަނދިޔަކާއި ފަޤީރަކާއި ދޮންމީހަކާއި ކަޅުމީހަކާއި ކުޑަކުއްޖަކ...

''ދަރީން ހެޔޮލަފާ ކިޔަމަންތެރި ބަޔަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް''
Religion

''ދަރީން ހެޔޮލަފާ ކިޔަމަންތެރި ބަޔަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް''

ދަރީން ހެޔޮލަފާ އަދި ކިޔަމަންތެރި ބަޔަކަށް ހެދުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަން މިއަދުގެ ޢީދުލްއަޟްޙާގެ ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޢީދު ޚުޠުބާގައި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ ވާހަކަ ހަނދާންކޮށްދެއްވަމުން، އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަން ވަނީ ފާހަގަކޮށްފައެވެ. އަދި މައިންބަފައިންނަށް ކިޔަމަންގަތުމުގެ މުހިންމުކަން ފާހަގަކޮށްފަވެއެވެ. “މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނ...

ދަރީންނަށް ތައުލީމާއި ތަރުބިޔަތު ދިނުމުގައި އެންމެން އެއްގަލަކަށް އަރަން ގޮވާލައިފި
Religion

ދަރީންނަށް ތައުލީމާއި ތަރުބިޔަތު ދިނުމުގައި އެންމެން އެއްގަލަކަށް އަރަން ގޮވާލައިފި

ދަރީންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި މައިންބަފައިންނާއި މުދައްރިސުން ހިމެނޭހެން އެ މަސައްކަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުން އެއްގަލަކަށް އަރައިގެން މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. މާތް ﷲ ގެ މި އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، ރަސޫލާ (ސއވ) އިލްމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިކަން ފާހަގަ ކުރައްވައި ހުތުބާގައި ވިދާޅުވީ މުސްލިމުންގެ ހިތްތަކުގައި އެކަލޭގެފާނު އިންދަވައިދެއްވި އިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ހާލަތާ ފައ...

ރަމަޟާން މަހަށް ފަހު ހެޔޮއަމަލު ކުރުން މަތީ ދެމިތިބުމަށް ހުތުބާގައި ގޮވާލައިފި
Raajje

ރަމަޟާން މަހަށް ފަހު ހެޔޮއަމަލު ކުރުން މަތީ ދެމިތިބުމަށް ހުތުބާގައި ގޮވާލައިފި

ރަމަޟާން މަހަށް ފަހު ވެސް ހެޔޮއަމަލު ކުރުން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. ހެޔޮއަމަލުތައް ކުރުން މަތީ ދެމިތިބުމަށް ނަސޭހަތްތެރިވަމުން މިއަދު ހުތުބާގައި ވިދާޅުވީ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާއުކީ ނަމަވެސް އެ މަހުގެ ވެރި އިލާހު ދެމިވޮޑިގެންވާ ކަމަށާއި ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮ އަމަލުކުރުމަކަށް އަލްވަދާއު ނުކިޔާނެއެވެ. “އަޅުކަންކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫން. ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސ...

ލައިލަތުލްގަދުރި ވިލޭރޭގެ ދަރުމަހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލައިފި
Column

ލައިލަތުލްގަދުރި ވިލޭރޭގެ ދަރުމަހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލައިފި

ލައިލަތުލްގަދްރިރޭގެ މަތިވެރިކަމާއި ސަވާބާއި ދަރުމަ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުއިރު، އެ ރޭ ހީވާގިވެ ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. ރަމަޟާން މަހުގެ ފަހު ދިހައަކާއި މިހާރު ބައްދަލުވެފައިވާއިރު ހެޔޮ އަމަލުތައް ގިނަކޮށް އެ އަމަލުތައް ﷲ ގެ ހަޟްރަތުން ގަބޫލްކުރައްވާތޯ ދުއާކުރެއްވުން ގިނަކުރެއްވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ހުތުބާގައި ބުނީ ލައިލަތުލްގަދްރި ވިލޭރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމ...

''އިސްލާމްދީން ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު''
Religion

''އިސްލާމްދީން ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު''

އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު ކަމުގައި، މިއަދު ހުތުބާގައި ވިދާޅުވެއްޖެއެވެ. ބަދުރުގެ ދުވަހުގައި މުސްލިމުންގެ ތެރެއިން ޝަހީދުވި 14 ބޭކަލުންގެ ތެރޭގައި ޒުވާން ސަހާބީން ހިމެނެއެވެ. އޭގެތެރޭގައި އުމުރުން އެންމެ ސޯޅަ އަހަރުގެ އުމައިރު ބުނު އަބީ ވައްގާސް ހިމެނެއެވެ. އެއީ އިސްލާމީ ދަންމަރު ނެގެހެއްޓުމުގައި، ޒުވާނުންގެ ދައުރު ބޮޑުކަން ސާބިތުކޮށްދޭ ހެއްކެއްކަމުގައި ހުތުބާގައި ވަނީ ވިދާޅުވެފައެވެ. މިއަދުގެ ހުތުބާގައި ވަނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާން...

މުސްލިމުން، ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރާން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވޭ: ޚުޠުބާ
Religion

މުސްލިމުން، ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރާން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވޭ: ޚުޠުބާ

މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރަންޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާކަމަށް މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފި އެވެ. ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، އެ ޤައުމުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް މުސްލިމުން އެންމެން އަތުގުޅައިލަންޖެހެއެވެ. ޚުޠުބާގައި އިތުރަށް ފާހަގަކުރި ގޮތުގައި، މާތް ﷲ އަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. އަދި ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް...