Skip to main content
Topic Archive

#ހދ އަތޮޅު

37 Stories filed
ހދ. އަތޮޅު ޤުރުއާން މުބާރާތް ފަށައިފި
Thiladhunmathi News

ހދ. އަތޮޅު ޤުރުއާން މުބާރާތް ފަށައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”ހދ. އަތޮޅު ޤުރްއާން މުބާރާތް 2022” އިއްޔެ ފަށައިފިއެވެ. ނޮޅިވަރަމްގައި ކުރިއަށްދާ މި މުބާރާތުގައި ހދ. އަތޮޅުގެ 12 ރަށުން 130 ދަރިވަރުން ވާދަކުރާ ކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެ އެވެ. މި 130 ބައިވެރިންގެ ތެރޭގައި ހިމެނީ، ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވި 95 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވި 35 ދަރިވަރުން ނެވެ. މި މުބާރާތް ކުރިއަށް ދާނީ މި އޮކްޓޫބަރު މަހުގެ 6 […]

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި
Thiladhunmathi News

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ ގުތުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ނޮޅިވަރަންފަރުގައެވެ. މި މަހުގެ 10-22 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ތާވަލު ކޮށްފައި ވަނީ އަންހެން ކެޓަގަރީގެ ހުރިހާމެޗެއް ދުވާލު ކުޅޭ ގޮތަށެވެ. އަދި ފިރިހެން ކެޓަ...

ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް އެދިއްޖެ
Thiladhunmathi News

ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް އެދިއްޖެ

ހދ. އަތޮޅުގެ ސިއްހީ މަރުކަަޒަށް ދިމާވެފައިވާ ދަތިތައް ބަޔާންކޮށް، އެކަންކަން ހައްލުކޮށް ދިނުމަށް އެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް އިއްޔެ ރިޕޯޓެއް އަރުވައިފިއެވެ. މި ރިޕޯޓަކީ ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ރައީސް އައްޔަނު ކުރައްވާފައިވާ އިސްވެރިންގެ އިސް ނެންގެވުމުގެ މަތިން އެކުލަވާލައިފާ ރިޕޯޓެކެވެ. މި ރިޕޯޓު ރައީސް އަތްޕުޅަށް އެރުވީ ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި ބ...

''ބައި ގަރުނު ނިމިގެން ދިޔައީ ޓޫރިޒަމް ނެތް ހދ.ގެ ގޮތުގައި، އެ އުއްމީދުގައި އިތުރުވި މާޔޫސްކަމުގައި''
Raajje

''ބައި ގަރުނު ނިމިގެން ދިޔައީ ޓޫރިޒަމް ނެތް ހދ.ގެ ގޮތުގައި، އެ އުއްމީދުގައި އިތުރުވި މާޔޫސްކަމުގައި''

ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނު ހޭދަވެގެން ދިޔައިރު، އެ ބައި ގަރުނު ނިމިގެން ދިޔައީ ޓޫރިޒަމް ނެތް ހދ.ގެ ގޮތުގައި ކަމަށާއި އަދި އެ އުއްމީދުގައި އިތުރުވި މާޔޫސްކަމުގައި ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު 50 އަހަރު ފުރޭނެއެވެ. ސަރުކާރުން ވަނީ މި ސިނާއަތުގެ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މި ދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑް […]

ހދ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

ހދ. އަތޮޅުގެ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި ވިޔަ މޮޑިއުލް އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ. ހަތަރު ދުވަހުގެ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ސެޕްޓެމްބަރ 5 އިން 8 އަށް ކުޅުދުއްފުށީ ސިޓީގައެވެ. މި ތަމްރީން ޕްރޮގްރާމް ނިންމާލައި، ބުރާސްފަތި ދުވަހު ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފައިވާއިރު، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުގެ ޕްރޮކިއ...

ހދ. އަތޮޅު ކައުންސިލުން ބާއްވާ ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ހދ. އަތޮޅު ކައުންސިލުން ބާއްވާ ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އޮކްޓޫބަރު މަހު ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހދ. އަތޮޅުގެ ސިޓީ/ރަށު ކައުންސިލް އިދާރާތަކަށާއި ރަޖިސްޓްރީކޮށްގެން ހިންގާ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ވިޔަފާރިތަކަށާއި ކްލަބް ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 28 އޮ...

ހދ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ
Thiladhunmathi News

ހދ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހދ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ ކައުންސިލް ހޮވިއްޖެއެވެ. ކުރިނބީ ކައުންސިލުން ވަނީ 2019 ވަނަ އަހަރު މި ރޭންކިންގެ 2 ވަނަ ހޯދާފައެވެ. އެ އަހަރު އެއްވަނަ ހޯދި ނެއްލައިދޫ މިފަހަރު ވަނީ ދެވަނައިގައި ހިމެނިފައެވެ. ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް […]

ހދ. އަތޮޅުން ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހެޅިރަށްތައް ޢިއުލާންކޮށްފި
Thiladhunmathi News

ހދ. އަތޮޅުން ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހެޅިރަށްތައް ޢިއުލާންކޮށްފި

ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅި ހދ. އަތޮޅުގެ ރަށްތައް އެ އަތޮޅު ކައުންސިލުން ޢިއުލާންކޮށްފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107-2 ގެ (ހ) ގައިވާ ގޮތުގެމަތިން އަލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމާ ޙަވާލުވާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް އަތޮޅު ކައުންސިލަށް […...

ބަޖެޓް 2022: ހދ. އަތޮޅު 12 ރަށުގައި އަލަށްފަށާ 29 މަޝްރޫޢުއެއް
Thiladhunmathi News

ބަޖެޓް 2022: ހދ. އަތޮޅު 12 ރަށުގައި އަލަށްފަށާ 29 މަޝްރޫޢުއެއް

އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހދ. އަތޮޅުގެ 12 ރަށުގައި އަލަށް 29 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި ހދ. އަތޮޅުގެ 12 ރަށުގައި އަންނަ އަހަރު ފެށުމަށް އަލަށް ހިމެނި މަޝްރޫޢުތަތަކީ، ހދ. ހަނިމާދޫ ހަނިމާދޫ ހޮސްޕިޓަލްގެ އައު އިމާރާތް (އަލަށްފަށާ)، 6،592،584 ރުފިޔާ ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން […]

ހދ. އަތޮޅު ކައުންސިލް، ނޭކުރެންދޫއަށް ބަދަލު ކުރުމަށް ރާޢީ އެދިއްޖެ
Thiladhunmathi News

ހދ. އަތޮޅު ކައުންސިލް، ނޭކުރެންދޫއަށް ބަދަލު ކުރުމަށް ރާޢީ އެދިއްޖެ

ހދ. އަތޮޅު ކައުންސިލް، ނޭކުރެންދޫއަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިސްގައި ނޭކުރެންދޫ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އެދިވަޑައިގެންފިއެވެ. ރާޢީ މިހެން ވިދާޅުވީ، ކުމުންދޫ ކައުންސިލް ރައީސް އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ކުރެއްވި ޓްވީޓެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. އަމީންގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ހދ. އަތޮޅު ކައުންސިލްގެ އިދާރާ އަތޮޅުގައި އަލައް އުފެދިފައިވާ ސިޓީ ގައި ހުރުމުން ބައެއް ސަރުކާރުގެ ވުޒާރާތަކަށް އަތޮޅ...

ހދ. އަތޮޅުގެ އެގާރަ ހާހަށްވުރެ ގިނަ މީހުން ދެވަނަ ޑޯޒް ފުރިހަމަކޮށްފި
Raajje

ހދ. އަތޮޅުގެ އެގާރަ ހާހަށްވުރެ ގިނަ މީހުން ދެވަނަ ޑޯޒް ފުރިހަމަކޮށްފި

ހދ. އަތޮޅުގެ އެގާރަ ހާހަށް ވުރެ ގިނަ މީހުން ކޯވިޑް-19އިން ރައްކާތެރިވުމަށްޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން މިއަދު އާންމު ކުރެއްވި ހދ. އަތޮޅުން ކޯވިޑް ވެކްސިންޖެހި ގޮތުގެ މައުލޫމާތަށް ބަލާއިރު އެ އަތޮޅުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 11،748 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 13،685 މީހުންނެވެ. އެ އަތޮޅުން ވެކްސިން ޖަހަންޖެހޭ އާބާދީއަކީ 25،433 އެވެ. […]

ތިލަދުންމަތީ ހުނަރުވެރިން: ހުސެއިންގެ ހުނަރުން މެޝިނަކަށްފަހު މެޝިނެއް
Report

ތިލަދުންމަތީ ހުނަރުވެރިން: ހުސެއިންގެ ހުނަރުން މެޝިނަކަށްފަހު މެޝިނެއް

ހަލާކުވެ ނުވަތަ ބާވެގެން އެއްލައިލާ މޯޓަރެއްފަދަ އެއްޗެއް އެކި މީހުންނަށް ފެންނަނީ އެކި ގޮތަށެވެ. އެއްބަޔަކަށް އޭގެން އެއްވެސް ބޭނުމެއް ދެން ނުކުރެވޭނެ ކަމުގައި ވިސްނުނަސް އަނެއްބަޔަކަށް އެ ފެންނަނީ ވަރަށް ގިނަ ބޭނުންތަކެއް އޭގެން ހިފިދާނޭފަދަ އެއްޗެއްގެ ގޮތުގައެވެ. ހދ. ހަނިމާދޫ އަތަމާގޭ ހުސެއިން އަލީއަކީ މިފަދަ ބައު ތަކެތި ބޭނުން ކޮށްގެން ބޭނުންތެރި ސާމާނު އުފެއްދިދާނެކަން ދައްކުވައި ދެމުން އަންނަ ހުނަރުވެރި ކެރޭ ޒުވާނެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވޯކްސޮޕްގައި މަސައްކަތް ކުރަމުން އަން...

ހދ. އަތޮޅު ކައުންސިލްގެ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުން މިރޭ
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްގެ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުން މިރޭ

ހދ. އަތޮޅު ކައުންސިލްގެ 5 އަހަރުގެ ތަރައްޤީގެ ޕުލޭން އެކުލަވާލުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް، ކްލަބްހައުސް މެދުވެރިކޮށް ބައްދަލުވުންތަކެއް ފަށަން ނިންމައި، ފުރަތަމަ ބައްދަލުވުން މިރޭ ބޭއްވުމަށް ހދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. މިގޮތުން ހދ. އަތޮޅު ކައުންސިލުން ވިދާޅުވީ، އެ ކައުންސިލްގެ 5 އަހަރުގެ ތަރައްޤީގެ ޕުލޭން އެކުލަވާލުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ކްލަބްހައުސް ބައްދަލުވުން މިރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުން ތަކ...

ޚަލީލްގެ ކޮލަމް: ރިއްމަސް ހިފުން
Thiladhunmathi News

ޚަލީލްގެ ކޮލަމް: ރިއްމަސް ހިފުން

ރާއްޖޭގެ ބައެއް ހިސާބުތަކުގައި މި މަހަށް ރިތްމަސް ކިޔާއުޅެއެވެ. ރިއްމަސް ވެސް ލިޔެފައި ހުންނާތީ ފެނެއެވެ. ހަނިމާދޫގައި މި މަހަށް ކިޔާއުޅެނީ “ރިންމަސް” އެވެ. ވުމާއެކު މި ލިޔުމުގައި އަޅުގަނޑު މި މަހަށް މުޚާތަބު ކުރާނީ “ރިންމަސް” ގެ ނަމުންނެވެ. ދިވެހިރާއްޖޭގެ ބަސްފޮތުގައި ލިޔެފައިވަނީ “ރިއްމަސް”އެވެ. އަދި “ދިވެހިރާއްޖޭގައި އުޅޭ މަސްތައް” މި ފޮތުގައި މި މަހަށް މުޚާތަބު ކުރެވިފައި ވަނީ “ރިތްމަސް” ގެ ނަމުންނެވެ. އެ ފޮތުގައި މި މަހާއި ގުޅޭގޮތުން ހިމަނާފައިވާ އިތުރު މަޢުލޫމާތުގައި […]

ފުރަތަމަ 6 މަސްދުވަހުގެ ތަފްސީލް ރިޕޯޓު ފޮނުވީ ހދ. އަތޮޅުގެ 11 ކައުންސިލަކުން
Thiladhunmathi News

ފުރަތަމަ 6 މަސްދުވަހުގެ ތަފްސީލް ރިޕޯޓު ފޮނުވީ ހދ. އަތޮޅުގެ 11 ކައުންސިލަކުން

ރަށު ކައުންސިލްތަކުން ފޮނުވަންޖެހޭ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވީ ހދ. އަތޮޅުގެ 11 ރަށެއްގެ ކައުންސިލުން ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހދ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ […]