މުނައްވަރުގެ ޅެންބަހުން މިޝްކާގެ ޖަނާޒާގެ ވަގުތުކޮޅު: "ހީވޭ ބުނާހެން އެއްފަހަރު ނަމަވެސް އައިސް ބައްދާލަދީ"
ހދ. ކުޅުއްފުށީ ސިޓީއަށް ނިސްބަތްވާ އަހްމަދު މުނައްވަރުގެ މުޅި ދުވަސް ހޭދަކުރަނީ ސަހަރާގައެވެ. ޖަމާއަތްތެރިއެއްގެ ގޮތުގައި އެތައް ހާސް ޖަނާޒާއެއް އޭނާ ތަޖުރިބާކޮށްފިއެވެ. އެންމެ ލޯބިވާ މީހުންނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގައި އެތައް އާއިލާއެއްގެ ހިތްދަތި އަލްވަދާއު އޭނާ ދެކެފިއެވެ. އަންގާރަ ދުވަހުގެ ރޭ މިދުނިޔެއާއި ވަކިވެގެން ދިޔަ ތުއްތު މިޝްކާގެ ޖަނާޒާގެ ވަގުތަކީ އޭގެތެރެއިން ވެސް މުނައްވަރަށް ތަފާތު އިހްސާސެއް ގެނުވި ވަގުތެކެވެ. މިޝްކާއަކީ، މުނައްވަރު ވެސް ނިސްބަތްވާ ކުޅުދުއްފުށީ ދެމަ...