Skip to main content
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށީ ބޯޒިޔާރަތް ހުޅުވުން މިރޭ، ލައިވް މިޔުޒިކާއެކު ހަވާ އަރުވާނެ
Thiladhunmathi News

ކުޅުދުއްފުށީ ބޯޒިޔާރަތް ހުޅުވުން މިރޭ، ލައިވް މިޔުޒިކާއެކު ހަވާ އަރުވާނެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު މިރޭ ހުޅުވަން ނިންމާފައިވާއިރު، މިކަމަށްބާއްވާ ރަސްމިއްޔާތުގައި ލައިވް މިޔުޒިކާއެކު ހަވާ އެރުވުން އޮންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި މިކަމަށް ބާއްވާ ރަސްމިއްޔާތު ފަށަން ނިންމާފައި ވަނީ މިރޭ (27 ޑިސެމްބަރ 2025) 20:30 ގައެވެ. މި ރަސްމިއްޔާތު ރާއްޖޭގެ ޕްރައިވެޓް ޓީވީ ޗެނަލެއްކަމަށްވާ ”އެސް.އެސް.ޓީ.ވީ” މެދުވެރިކޮށް ލައިވް ކުރާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ކުޅުދުއްފުށީ...

ކިޑްނީ ބަލިތަކާއި ފުއްޕާމޭ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް މި މިމަހު ކޭއާރުއެޗުގައި ފަށަނީ
Thiladhunmathi News

ކިޑްނީ ބަލިތަކާއި ފުއްޕާމޭ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް މި މިމަހު ކޭއާރުއެޗުގައި ފަށަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް(ކޭއާރުއެޗް) އިން މި މިމަހުތެރޭގައި ކިޑްނީ ބަލިތަކުގެ ޑޮކްޓަރަކާއި ފުއްޕާމޭ ބަލިތަކުގެ ޑޮކްޓަރެއްގެ ޚިދުމަތް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލްގެ ޗީފް އެގްޒެޓިވް އޮފިސަރ ނާޒިމާ އަލީ ވިދާޅުވެއްޖެއެވެ. ސީއީއޯ ނާޒިމާ މިކަން ހާމަކުރެއްވީ، ކޭއާރުއެޗުން މިހާރު ދެމުންދާ ޚިދުމަތްތަކާއި ފާއިތުވެ ދެ އަހަރު ދެވުނު ޚިދުމަތަކާއި ގުޅޭ ގޮތުން ދެއްވި ޚުލާސާ މެސެޖެއްގައެވެ. އެ މެސެޖުގައި ނާޒިމާ ވިދާޅުވިގޮތުގައި މިދިޔަ ދެ އަހަރު މަސައްކަތްކުރެއްވީ ކޭއާރުއެޗުން ދެމުންދިޔަ ޚިދުމަތްތަކަ...

ކެލާ ބޭރުން ސްރީލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފި
Thiladhunmathi News

ކެލާ ބޭރުން ސްރީލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސް، ފުލުހުންނާ ހަވާލުކޮށްފިއެވެ. މި ދެ ބޯޓު ހިފަހައްޓާފައި ވަނީ ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިންނެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހި...

ކޭއާރުއެޗުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ފަށައިފި
Thiladhunmathi News

ކޭއާރުއެޗުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ފަށައިފިއެވެ. އެކަން ހާމަކޮށް އެ ހޮސްޕިޓަލުން ބުނީ، އޮކިއުޕޭޝަނަލް ތެރަޕީގެ ސަބަބުން އުފެދުމުގައި ލަސްތަކެއް ހުންނަ ކުދިންނަށް އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ދަސްކޮށްދީ އަމިއްލަ ހާލަތުގައި ކަންކަން ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. މީގެ އިތިރުރުން ތަފާތު ސެންސަރީ އުނދަގޫތައް ހުންނަ ކުދިންނަށް އެ އުނދަގޫތަކުން އަރައިގަންނަން އެހީވެދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. މި ތެރަޕީގެ ސަބަބުން ސާޖަރީ،...

''ރިޒްހާން ހޯދައިދިނީ ކުޅުދުއްފުއްޓާއި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ތާރީޚީ ކާމިޔާބީއެއް''
Raajje

''ރިޒްހާން ހޯދައިދިނީ ކުޅުދުއްފުއްޓާއި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ތާރީޚީ ކާމިޔާބީއެއް''

ފުރަތަމަ ފަހަރަށް ޕަރަ ގޭމްސްއަކުން ރާއްޖެއަށް މެޑަލްއެއް ހޯދައިދިން ކުޅުދުއްފުށީ ދަރިވަރު މުހައްމަދު ރިޒްހާން މިއަދު ކުޅުދުއްފުއްޓަށް އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ރިޒްހާން މިއަދު ކުޅުދުއްފުއްޓަށް އައިއިރު، މި ދަރިވަރަށް މަރުޙަބާ ކިޔުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) އާއި ސިޓީ ކައުންސިލް މެމްބަރުންނާއި ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ވެރިންނާއި ދަރިވަރުން އެއާޕޯޓަށް ގޮސްތިއްބެވެ. އެއާޕޯޓުން ރިޒްހާނަށް ހޫނުމަރުޙަބާއެއް ކިޔައި ހި...

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބިޒްނަސް ޕްލޭނިންގގެ އިތުރު ސެޝަނެއް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބިޒްނަސް ޕްލޭނިންގގެ އިތުރު ސެޝަނެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ބިޒްނަސް ޕްލޭނިންގ ސެޝަނެއް ރޭ ކުރިއަށް ގެންގޮސްފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި މިއީ، އެ ކައުންސިލުން މިހާރު ހުޅުވާލާފައިވާ ”މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް” އާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ބިޒްނަސް ޕްލޭނިންގ ސެޝަނެކެވެ. މި ސެޝަންގައި ވަނީ ޖުމްލަ 16 މީހުން ބައިވެރިވެ، ”މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް”ގެ އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ޕްރެސެންޓޭޝަންގައި ހިމަނަންޖެހޭ ބައިތައް ފ...

ހދ.އޭއީސީގެ ކެޕްޓަން ރިޒްހާން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ޕެރާ ގޭމްސްއަކުން މެޑަލްއެއް ހޯދައިދީފި
Thiladhunmathi News

ހދ.އޭއީސީގެ ކެޕްޓަން ރިޒްހާން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ޕެރާ ގޭމްސްއަކުން މެޑަލްއެއް ހޯދައިދީފި

ރާއްޖެ އަށް ފުރަތަމަ ފަހަރަށް ޕެރާ ގޭމްސްއަކުން މެޑަލްއެއް ލިބިއްޖެއެވެ. މި މެޑަލް ހޯދައިދީފައި ވަނީ ކުޅުދުއްފުށީ ސިޓީ އަށް ނިސްބަތްވާ، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޕްޓަން މުޙައްމަދު ރިޒްހާން އެވެ. މޯލްޑިވްސް އޮޕިމްޕިކް ކޮމެޓީން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ދިވެހިރާއްޖެއިން ވަނީ ޕެރާ ގޭމްސްއެއްގައި ފުރަތަމަ ފަހަރަށް މެޑަލް ހޯދައިފައެވެ. މިއީ ކުރިމަގު ޖީލުތަކަށް ހަނދާންކުރެވޭނެ މުހިންމު ކާމިޔާބީއެއްކަން އޮލިމްޕިކް ކޮމެޓީން ފާހަގަކޮށްފަވެއެވެ. އޮލިމްޕިކް ކޮމެޓީން ބުނިގޮތުގައި ދުބާއީ 202...

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށީ ސިޓީން ބިމެއް
Thiladhunmathi News

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށީ ސިޓީން ބިމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށީ ސިޓީން ބިމެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީއެމްއެލް އާއި ދެމެދު މިއަދު ސޮއިކޮށްފައިވާއިރު، ސިޓީ ކައުންސިލުން ބުނިގޮތުގައި މި ބިން ބީއެމްއެލްއަށް ކުއްޔަށް ދޫކޮށްފައި ވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. ކުޅުދުއްފުށީ ސިޓީގެ ބަނޑާރަހިޔާ ސަރަހައްދުން ދޫކުރި މި ބިމުގެ ބޮޑު މިނަކީ 1000 އަކަފޫޓެވެ. މި ބިމުގެ ކުއްޔަކީ މަހަކަށް 5000 ރުފިޔާއެވ...

ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާއަށްފަހު ބޭނުންކުރަން ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާއަށްފަހު ބޭނުންކުރަން ފަށައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ އެ ސިޓީގެ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާއަށްފަހު މިއަދު އެތަން ބޭނުންކުރަން ފަށައިފިއެވެ. ހޮނިހިރު ބާޒާރު ސަރަހައްދުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިމި ބޭނުންކުރުމަށް ހުޅުވާލާފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކުރީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން އެއިގެ ފަހުން އައި ފުރަތަމަ ހޮނިހިރު، މިއަދު ވަނީ އެތަން ބޭނުންކުރަން ފަށާފައެވެ. އާދައިގެ މަތިން މިއަދު ވެސް ހޮނިހިރު ބާޒާރަށް ވަނީ ގިނަ ބަޔަކު ޖަމާވެފައެވެ. […]

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާ ނިންމައި ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާ ނިންމައި ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ނިންމާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ހޮނިހިރު ބާޒާރު ސަރަހައްދުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިމި ބޭނުންކުރުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. ސިޓީ ކައުންސިލުން މި މަސައްކަތްކޮށްފައި ވަނީ  ބާޒާރުގެ އަސްލު ނުގެއްލޭގޮތައް އެތަނުން ޚިދުމަތް ފޯރުކޮށްދޭ މީހުންނަށާއި، ޚިދުމަތް ހޯދާ މީހުންނަށް ވަރަށްބޮޑު ލުއިކަން ލިބޭނެގޮތަށެވެ. ހޮނިހިރު ބާޒާރު ތަރައްޤީކުރާނީ އަސްލު ނުގެއްލޭ ގޮތަށް:...

ކުޅުދުއްފުށީ މަށިކުޅީގެ ދެކުނު މަގު ހިތްފަސޭހަ ހިނގާމަގެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަމަށް
Thiladhunmathi News

ކުޅުދުއްފުށީ މަށިކުޅީގެ ދެކުނު މަގު ހިތްފަސޭހަ ހިނގާމަގެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަމަށް

ހދ. ކުޅުދުއްފުށި ސިޓީގެ މަށިކުޅީގެ ދެކުނު މަގު، ހިތްފަސޭހަ ހިނގާމަގެއްގެ ގޮތުގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ފުރުސަތު ހުޅުވާލައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގ (މަޢުލޫމާތު ސެޝަން) އޮންނާނީ 10 ޑިސެމްބަރު 2025 ވަނަ ދުވަހު (ބުދަ) 11:00 ގައެވެ. މި މަޢުލޫމާތު ސެޝަންގައި މި މަސައްކަތުގެ ތަފްޞީލް ހާމަކުރާގޮތަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވާ ފަރ...

ކުޅުދުއްފުށި ސިޓީ ''ގަލަދުން ޕާކު'' ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ''ގަލަދުން ޕާކު'' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ރަށުގެ އިރުމަތީފަރާތުގައި ތަރައްޤީކުރި ”ގަލަދުން ޕާކު” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މެންބަރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލުގެ ކެޕްޓަނުންގެ އިތުރުން އާންމު ރައްޔިތުން ބައިވެފައިވެއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި، ކުޅުދުއްފުށީގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ވީހާ ކައިރީގައި، ހިތްފަސޭހަ ކޮށްލާ، ހިތްހަމަޖައްސާލާނެ މައިޒާންތަކާއި ޕާކްތައް...

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީގެ މުސާރަ ކަނޑައަޅައި އިތުރު ނިންމުންތަކެއް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީގެ މުސާރަ ކަނޑައަޅައި އިތުރު ނިންމުންތަކެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި، އެ މަޤާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅައި ޢިއުލާންކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 234 ވަނަ އާންމު ބައްދަލުވުމުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ މި މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ އަދަދަކީ 35,000 ރުފިޔާ ކަމަށެވެ. ކައުންސިލުން މިހާރު ވަނީ މި މަޤާމަށް އެކަށީގެ...

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
Raajje

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި އިއްޔެ ކުޅުދުއްފުށި ސިޓީ ޕޮލިހާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތު...

ކުޅުދުއްފުށްޓަށް 50 ގްރާމް ޑައިމޯފިން ގެންދަން އުޅުނު މީހާ އުމުރަށް ޖަލަށް
Raajje

ކުޅުދުއްފުށްޓަށް 50 ގްރާމް ޑައިމޯފިން ގެންދަން އުޅުނު މީހާ އުމުރަށް ޖަލަށް

ހދ. ކުޅުދުއްފުށި ސިޓީ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ކުޅުދުއްފުށީ ލޫނާ، އަލީ މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ހުކުމް އިއްވާފައިވަނީ އާދިއްތަ ދުވަހުއެވެ. އަލީ މުހައްމަދު ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު، ކުޅުދުއްފުށްޓަށް މަސްތުވާތަކެތި ގެންދަން އުޅުނުކަމުގެ...