Skip to main content
Topic Archive

#ހދ ނެއްލައިދޫ

83 Stories filed
ނެއްލައިދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި
Thiladhunmathi News

ނެއްލައިދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ . ނެއްލައިދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއިއެކު އެރަށުގައި ރައްކާތެރިކަމުގެ ގޮތުނަ އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަ ކޮށްފިއެވެ. އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި އެ ރަށު ސްކޫލުގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލް ކުރަމުންއައި ދަރިވަރެކެވެ. މި ކޭސްއާއި ގުޅިގެން އެޗްޕީއޭއިން […]

ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ޕޮޒިޓިވްވެ، ނެއްލައިދޫ މޮނިޓަރިންނަށް
Thiladhunmathi News

ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ޕޮޒިޓިވްވެ، ނެއްލައިދޫ މޮނިޓަރިންނަށް

ހދ. ނެއްލައިދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. މިއީ ނެއްލައިދޫން ޕޮޒިޓިވް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ. ނެއްލައިދޫ ކައުންސިލުން ވިދާޅުވި ގޮތުގައި، އިއްޔެ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުގެ ރައްޔިތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުނުކުތުމަށާއި، ރައްކާތެރިކަމަށް އިސްކަންދީ، މާސްކު އެޅުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރަށްވާފައެވެ. “ކޯވ...

އެންމެ އަގު ހެޔޮ އެންމެ ހަލުވި "އުރީދޫ ސުޕަރނެޓް" ތިލަދުންމަތީ ނެއްލައިދޫ އަށް
Thiladhunmathi News

އެންމެ އަގު ހެޔޮ އެންމެ ހަލުވި "އުރީދޫ ސުޕަރނެޓް" ތިލަދުންމަތީ ނެއްލައިދޫ އަށް

އުރީދޫގެ ސުޕަނެޓް ހިދުމަތް ހދ. ނެއްލައިދޫއަށް މިއަދު ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވިސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ...

ފަޓޯ ސްޕޯޓްސް އެކަޑަމީން ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަނީ
Thiladhunmathi News

ފަޓޯ ސްޕޯޓްސް އެކަޑަމީން ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަނީ

ފަޓޯ ސްޕޯޓްސް އެކަޑާމީ އިން ހދ. ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ. އެ އެކަޑަމީ އިން އިއްޔެ ހާމަކުރި ގޮތުގައި މި ހިންގައި ޖުލައި މަހުގެ 11 ވާ އާދިއްތަ ދުވަހު، ނެއްލައިދޫ ކައުންސިލާ ގުޅިގެން ސުކޫލް ކުދިންނަށް ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ނެއްލައިދޫ ސުކޫލުގެ ދަރިވަރުން މިމަހުގެ 8 ވަނަ ދުވަހު ގެ ކުރިން […]

ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 75 ޕަސެންޓް ނިމިއްޖެ
Thiladhunmathi News

ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 75 ޕަސެންޓް ނިމިއްޖެ

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ އިރު، މި މަޝްރޫޢުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކާނެ ކަަމަށެވެ. އަދި 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، […]

އެލްޖީއޭގެ ބޯޑަށް ހދ އަތޮޅުން ކުރިމަތިލެއްވީ ވައިކަރަދޫ ޒާމިރު އާއި ނެއްލައިދޫ އިލްހާމް
Raajje

އެލްޖީއޭގެ ބޯޑަށް ހދ އަތޮޅުން ކުރިމަތިލެއްވީ ވައިކަރަދޫ ޒާމިރު އާއި ނެއްލައިދޫ އިލްހާމް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބަށް  ހދ. އަތޮޅުގެ ދެރަށެއްގެ ކައުންސިލް މެންބަރުން ވާދަކުރައްވައެވެ. އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މިއިންތިހާބުގައި ވާދަކުރައްވަނީ ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އާއި ހދ. ނެއްލައިދޫ ކައުންސިލްގެ މެންބަރ މުޙައްމަދު އިލްހާމް އެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އަކީ ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައިވ...

ފަލަސްތީނަށް އެހީވުމުގެ ގޮތުން ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް
Thiladhunmathi News

ފަލަސްތީނަށް އެހީވުމުގެ ގޮތުން ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް

ފަލްސްތީނު ރައްޔިތުނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނަށް އެހީވުމުގެ ގޮތުން ހދ.ނެއްލައިދޫގެ ކައުންސިލާއި ރަށުގެ ޒުވާނުން ގުޅިގެން ހދ.ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. މިހަރަކާތް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ނެއްލައިދޫގެ ގޭގެއަށް ފަންޑުފޮށި ހިފައިގެން ޒިޔާރަތްކޮށް ޖުމްލަ 35،700 ރުފިޔާ އާއި 118 ޑޮލަރު އިއްޔެގެ ހަރަކާތުން ލިބިފައިވާކަމަށް ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވިއެވެ. މިމަހުގެ 29 ވަނަ ދުވަ...

ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ
Thiladhunmathi News

ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ހއ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ތުރާކުނު ކައުންސިލް އަދި ހދ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ހދ. ނެއްލައިދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

ނެއްލައިދޫން ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ނެއްލައިދޫން ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ނެއްލައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ފަސް މީހުންނަކީ ވެސް އެއް ޢާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ. އެމީހުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެމީހުންގެ ހޯމް ކަރަންޓީނު މުއްދަތު 14 ދުވަސް އިތުރު ކުރެވިފައިވާ ކަމަށް ވެސް އެ […]

ނެއްލައިދޫ "ޒޫމް ޓުރޭޑް": ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން އައު ފިހާރަ އެއް
Thiladhunmathi News

ނެއްލައިދޫ "ޒޫމް ޓުރޭޑް": ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން އައު ފިހާރަ އެއް

ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން ހދ. ނެއްލައިދޫގައި “ޒޫމް ޓުރޭޑް” ގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފި އެވެ. ގޭތެރޭގެ ސާމާނުތައް އެއްތާކުން އަގުހެޔޮކޮށް ލިބޭ މިފިހާރަ ހުޅުވާފައިވާނީ މިމަހުގެ19 ވަނަ ދުވަހު އެވެ. އެ ފިހާރައިގެ އެއް ފައުންޑަރ ކަމުގައިވާ މުހައްމަދު އަލީފް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފިހާރަ އަކީ އަގު ހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި އެއްތާކުން ލިބޭނެ އިންތިޒާމް އެރަށުގެ ރައްޔިތުންނަށް ހޯދައިދިނުމަށް ހުޅުވުނު ފިހާރައެއްކަމަށެވެ. ސާނަވީ ތަޢުލީމު ނިންމާ […]

ނެއްލައިދޫ ސްކޫލުގެ ރަންޔޫބިލް ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނެއްލައިދޫ ސްކޫލުގެ ރަންޔޫބިލް ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ނެއްލައިދޫ ސްކޫލުގައި ތަޢުލީމް ފޯރުކޮށްދޭން ފެށިތާ ފަންސާސް އަހަރު ވުމާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ  ސްކޫލުގެ ރަންޔޫބިލް ހަރަކާތްތަކުގައްޔާއި އަދި ކަނޑައެޅޭ ވަކި މުއްދަތަކަށް އެ ސުކޫލުގެ ރަސްމީ ލިޔުންތަކުގައި ބޭނުންކުރުމަށް ލޯގޯއެއް ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު އެ ސްކޫލުން ހުޅުވައިލައިފިއެވެ. އެ ސުކޫލުގެ ދަރިވަރުންގެ އިތުރުން އާންމު ފަރާތްތަކަށް ވެސް ރަންޔޫބިލް ލޯގޯ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވާއިރު އެ ސްކޫލްގެ ރަންޔޫބިލް ހަރަކާތްތަކުގައި ބޭނުން ކ...

ނެއްލައިދޫ ބަނދަރުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެ
Thiladhunmathi News

ނެއްލައިދޫ ބަނދަރުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެ

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށިލުމަށް ބޭނުންވާ ގައު އިއްޔެ އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި،10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރ...

ނެއްލައިދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮއްސި
Thiladhunmathi News

ނެއްލައިދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮއްސި

ހދ ނެއްލައިދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮއްސި އެވެ. ނެއްލައިދޫކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ އެރަށުގެ ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި މީހުން މިއަދު އެރަށް ގޮސްފައިވާ ކަމަށެވެ. މިއަދު އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން ޕްރޮޖެކްޓުތައް ކުރިއަށްގެންދާ ރަށްރަށުގައި މަސައްކަތްކުރާނެ ސްކިލްޑް އަދި އަން ސްކިލްޑް މުވައްޒަފުން...

ނެއްލައިދޫ އަޙްމަދު ޢަބްދުﷲގެ ރަން ސާޅީސް
Thiladhunmathi News

ނެއްލައިދޫ އަޙްމަދު ޢަބްދުﷲގެ ރަން ސާޅީސް

ހދ. ނެއްލައިދޫ އަސުރުމާގޭ، އަހުމަދު އަބުދުﷲ އަކީ ހދ. ނެއްލައިދޫ ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް މެދު ނުކެނޑި 40 އަހަރާއި 7 މަހާއި 19 ދުވަހު ހިދުމަތްކުރެއްވި މުރާލި، ހީވާގި ޅިދުމަތްތެރިއެކެވެ. ނެއްލައިދޫ މީހުންގެ ނަމުންނަމަ އަޙްމަދުބޭ އަކީ އަތޮޅުންވެސް ހުނިޖަހާލެވޭ ފަދަ ނަމޫނާ ޚިދުމަތްތެރިއެކެވެ. އަހުމަދު އަބުދުﷲގެ ރަން ސާޅީސް އަހަރުގެ ޚިދުމަތް ނިންމާލެއްވީ ނެއްލައިދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުންނެވެ. 20 އޮކްޓޯބަރ 1962ވީ ހޮނިހިރު ދުވަހު ހދ. ނެއްލައިދޫ އަސުރުމާގެއަށ...

ނެއްލައިދޫގެ ބަނދަރުގެ ހާލަތު ގޯސްވެ، އޮޑިވެރިން ނުނިދާ ރޭވެސް ދަމު ފޯރިއަށް!
Thiladhunmathi News

ނެއްލައިދޫގެ ބަނދަރުގެ ހާލަތު ގޯސްވެ، އޮޑިވެރިން ނުނިދާ ރޭވެސް ދަމު ފޯރިއަށް!

އިރުވައި މޫސުމުގެ “ހަޅަ” ޖަހަމުންދާތީ މުޅި ރާއްޖެ އަށް ވެސް ވައިގަދަވެ އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރަމުންދާ މިދުވަސް ވަރުގައި ހދ ނެއްލައިދޫ ރައްޔިތުން ރޭވެސް ތިބެން ޖެހުނީ ނުނިދާ ފާރައަށެވެ. ނެއްލައިދޫ ބަނދަރަކީ ރާއްޖޭގެ އެހެން ރަށްރަށުގެ ބަނދަރުތަކާއި ހިލާފަށް ބަނދަރުތެރޭގައި ތުންޑިޔެއް ތިލަވެފައިވާ ބަނދަރެކެވެ. މިދިޔަ މަޖިލިސް އިންތިހާބަށް ބަނދަރުތެރޭ އުފެދިފައިވާ ވެލިގަނޑު ނަގާ އާންމު ހާލަތަށް ގެނެސްފައި ވީނަމަވެސް އަނެއްކާ އެވެލިގަނޑު ބަނދަރުތެރެއަށްވަދެ މިވަނީ ދަތިރަކ...