Skip to main content
Topic Archive

#ހދ.ހަނިމާދޫ

445 Stories filed
އީދު ފާހަގަކުރުމުގެ ތެރެއިން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހަނިމާދޫ އިސްތިހާރުކުރަނީ
Thiladhunmathi News

އީދު ފާހަގަކުރުމުގެ ތެރެއިން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހަނިމާދޫ އިސްތިހާރުކުރަނީ

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހދ. ހަނިމާދޫ އިސްތިހާރުކުރުމަށާއި، ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ފިތުރު އީދާއި އަޟުޙާ އީދު އެ ރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ބުނީ “ހަނިމާދޫ އޭސް އަ ޑެސްޓިނޭޝަން” ގެ ނަމުގައި އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ވިޔަފާރިތަކެއް އެއް ފުރާޅެއްގެ ދަށުން މާކެޓްކޮށް އިސްތިހާރުކުރުމަށް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން މިކަމަށް ބޭނުންވާ ހާއްސަ ޕްލެޓްފޯމެއ...

ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް
Raajje

ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ހދ. ހަނިމާދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުއްސައްތާރު ހަސަންގެ މައްޗަށް މިހާރުގެ ކައުންސިލް މެމްބަރު އަލީ އިބްރާހީމް ކުރި ހޯދައިފިއެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެމްޑީޕީގެ ޓިކެޓްގައި ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ޢަލީ އަށް ޓިކެޓް ކަށަވަރުވީ މިއަދު ބޭއްވި ޕްރައިމަރީގައި 121 ވޯޓު ހޯދައިގެންނެވެ. މި ޕްރައިމ...

ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް
Thiladhunmathi News

ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް

ހދ. ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅު ހަނިމާދޫ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅުއްވާފައިވުމާއެކު، ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް އަރައިފިއެވެ. ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙުކުރަށްވައި ނެރުއްވީ 30 ޑިސެމްބަރު 2025 ގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު […]

ހަނިމާދޫ ސިއްހީ މަރުކަޒަށް ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް
Thiladhunmathi News

ހަނިމާދޫ ސިއްހީ މަރުކަޒަށް ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް ގުޅިއްޖެއެވެ. ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރ. ޑރ. އަލީނާ ޢަލީ އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހުސްވި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ވަނީ ފިޒިޝަނެއް ވެސް ގުޅިފައެވެ. ކުރިން ދެ މެޑިކަލް އޮފިސަރުން ޚިދުމަތްކުރަމުން އައި ހަނިމާދޫ ސިއްހީ މަރުކަޒަށް މި ސަރުކާރުން ވަނީ އަންހެނުންގެ […]

ހަނިމާދޫ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި
Raajje

ހަނިމާދޫ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

ހދ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ސިޔާސަތު ހާމަކުރައްވާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ‘ދަ ހިންދޫ’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން ވަނީ އެދިފައެވެ. އަދި އެކަމާ ގުޅިގެން ދިރާސާތައް ކުރުމަށް އިންޑިއާގެ އ...

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް
Thiladhunmathi News

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙު ކުރައްވައިފިއެވެ. މި ނިންމެވުމަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަ...

އެމްޑީޕީ ޕްރައިމަރީ އޮންނަ ރަށްތަކުގެ ލިސްޓަށް ހަނިމާދޫ އިތުރުކޮށްފި
Thiladhunmathi News

އެމްޑީޕީ ޕްރައިމަރީ އޮންނަ ރަށްތަކުގެ ލިސްޓަށް ހަނިމާދޫ އިތުރުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބާއްވާ ލިސްޓަށް ހދ. ހަނިމާދޫ އިތުރުކޮށްފިއެވެ. އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރިމަތިލި ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު ނެރެ...

ހަނިމާދޫ ވައިގެބަނދަރުގެ 35ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް
Thiladhunmathi News

ހަނިމާދޫ ވައިގެބަނދަރުގެ 35ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރަށް ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް މިއަދު ޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިއީ  28 އޮކްޓޯބަރު 1990 ގައި އެ ވައިގެބަނދަރު ހުޅުވިފަހުން ޖެއްސި ފުރަތަމަ ކޮމާޝަލް ޖެޓެވެ. މީގެ ކުރިން ފިއުލް ކުރުމަށް ވައިގެބަނދަރަށް ވަނީ ޖެޓެއް ޖައްސާފައެވެ. މިއަދު ހެނދުނު 9:40 ހާއިރު ހަނިމާދޫ އަށް ޖެއްސި މެޖެޓަކީ ހއ. އަތޮޅު ދޮނަކުޅީގައި ތަރައްގީކޮށްފައިވާ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކެއްގެ ޖެޓެކެވެ. އެ […]

ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް
Raajje

ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ފިޒިޝަނެއް ގުޅިއްޖެއެވެ. ފިޒިޝަނެއް އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ އެ ސިއްޙީ މަރުކަޒުންދޭ ޚިދުމަތް އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ފިޒިޝަނެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. ‘’ފިޒިޝަނެއް މިމަރުކަޒުގެ ޚިދުމަތަށް ލިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓަލް ނިމުމުގެ ކުރިން އ...

ހަނިމާދޫ ''ހަނދުމަ'' ޖަމިއްޔާ އިފްތިތާޙްކޮށްފި
Thiladhunmathi News

ހަނިމާދޫ ''ހަނދުމަ'' ޖަމިއްޔާ އިފްތިތާޙްކޮށްފި

ހދ. ހަނިމާދޫގައި ދީނީ ހޭލުންތެރިކުރުވުމުގެ މަސައްކަތަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ‘ހަނދުމަ’’ ޖަމިއްޔޭ ރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ. މިކަމަށް ރޭ ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްސައިޚް ޑރ. މުހައްމަދު އިމްރާން ޢަލީ އާއި މަންފާ ޖަމިއްޔާގެ ރައީސް ޢަލީ ރަމީޒެވެ. މި ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލް މެމްބަރުންނާއި، މުވައްސަސާތަކުގެ ވެރިންނާއި، ހަނިމާދޫ ސްކޫލްގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނާއި އެރަށު ރައްޔިތުންގެ ތެރެއިން ވެސް މީހުން ބައިވެރިވެފަވެއެވެ. ހަނިމާދޫ ހަނދ...

ހަނިމާދޫ ބަނދަރުގައި މިސްކިތެއް އަޅަން ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ހަނިމާދޫ ބަނދަރުގައި މިސްކިތެއް އަޅަން ބީލަމަށް ހުޅުވާލައިފި

ހދ.  ހަނިމާދޫ ބަނދަރުގައި ކޮންޓްރެކްޓް އުސޫލުން މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއްޔެ ބީލަމަށް ހުޅުވާލައިފިއެވެ. ހަނިމާދޫ  ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެރަށު ބަނދަރުގައި މިސްކިތެއް އެޅުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް އެކަމަށް ޚާއްޞަކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ބީލަމުގައި ރަޖިސްޓަރީ ވުމަށް 28 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަ...

ހަނިމާދޫގައި އިމިގްރޭޝަން އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ހަނިމާދޫގައި އިމިގްރޭޝަން އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ހދ. ހަނިމާދޫގައި މޯލްޑިވިސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓްގެ ޚިދުމަތް ރޭ ފަށައިފިއެވެ. ހަނިމާދޫ ކައުންސިލުން ބުނިގޮތުގައި އިމިގްރޭޝަން ހަނިމާދޫ ޕާސްޕޯޓް ކަލެކްޓިންގ ޕޮއިންޓް 17 ޑިސެމްބަރ 2025 ވީ ބުދަ ދުވަހުގެ ރޭ ވަނީ ހުޅުވާފައެވެ. އެހެންކަމުން ޕާސްޕޯޓުގެ ޚިދުމަތް ހަނިމާދޫ އިމިގްރޭޝަން އޮފީހުން ލިބެމުންދާނެކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ. އިމިގްރޭޝަންގެ އޮފީހެއް ގާއިމުކުރުމަށް ހަނިމާދޫ ކައުންސިލް އިދާރާގެ ތެރެއިން ކައުންސިލުން ވަނީ އިމިގްރޭޝަނަށް އޮފީސް ޖާގަ ހަމަޖައްސައިދީފައެވެ....

ހަނިމާދޫ ކޮންމެ ގެޔަކަށް 150 ގޯނި ދޮންވެލި
Thiladhunmathi News

ހަނިމާދޫ ކޮންމެ ގެޔަކަށް 150 ގޯނި ދޮންވެލި

ހދ. ހަނިމާދޫގެ ކޮންމެ ގެޔަކަށް 150 ގޯނި ދޮންވެލި ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލުން އެ ރަށު ކޮންމެ ގެޔަކަށް ދޮންވެލި ދޭން ނިންމާފައި ވަނީ ހަނިމާދޫ ބަނދަރު ސަރަޙައްދުގައި ހުރި ދޮންވެލި ފުނިންނެވެ. ހަނިމާދޫ ކައުންސިލުން ބުނީ، ދޮންވެލި ދޫކުރާނީ ސިމެންތި އަދި ހިލަވެލި ގޯނި ނުވަތަ އެ ސައިޒުގެ ގޯނި ގެންނަފަރާތް ތަކަށްކަމަށެވެ. ”150 ގޯނި ވެލި އެއްފަހަރާ އެގެޔަކުން ނަގަންވާނެ ވާހަކަ ދަންނަވަން” ހަނިމާދޫ ކައުންސިލުން ބުނެފަވެއެވެ. މި ވެލިފުނި […]

ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް
Thiladhunmathi News

ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް

ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025”ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުށީގެ ހޯރަ ޔުނައިޓެޑް ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި ހޯރަ ޔުނައިޓެޑް ޗެމްޕިއަންކަން ސީދާ ތިން ސެޓުން ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަތުން މޮޅުވެގެންނެވެ. ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ހޯރަ ޔުނައިޓެޑް މޮޅުވިނަމަވެސް ސާއްބައިން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް […]

ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް
Thiladhunmathi News

ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ މުބާރާތުގައި ހަމައެކަނި ހަނިމާދޫ ކުޅުންތެރިން ހިމަނައިގެން ކުޅުނު ހަނިމާދޫ ޓީމުން ހޯދި ނަތީޖާއަކީ ބޮޑު ކާމިޔާބެއްކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުޙައްމަދު ވިދާޅުވެއްޖެއެވެ. 11 ނޮވެމްބަރު 2025 ގައި ކުޅުނު މި މުބާރާތުގެ ފައިނަލްގައި 3-1 ކުޅުދުއްފުށީ އަތުން ބަލިވުމުން ހަނިމާދޫ އަށް ވަނީ ޗެމްޕިއަންކަން ގެއްލިފައެވެ. ޗެމްޕިއަންކަން ގެއްލުނު ނަމަވެސ...