Skip to main content
Topic Archive

#Haa Alif Utheemu

275 Stories filed
އުތީމު "ވިންގާސް"އިން ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބާއްވަނީ
Thiladhunmathi News

އުތީމު "ވިންގާސް"އިން ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބާއްވަނީ

ހއ. އުތީމުގެ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ “ވިންގާސް”އިން އިންތިޒާމް ކޮށްގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މިއަންނަ ޑިސެމްބަރ މަހުގެ 15 އިން 22 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 4 ޓީމަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ވިންގާސް ގެ މެމްބަރެއް ކަމަށްވާ މުޙައްމަދު ބަސީރު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރ މަހުގެ 1 އިން 10 ވަނަ ދުވަހާއި […]

Recently resurfaced Historic Well in Utheemu moved to BMC
Thiladhunmathi News

Recently resurfaced Historic Well in Utheemu moved to BMC

Recently resurfaced Historic well in Utheemu has been moved to Boduthakurufaanu Memorial Center (BMC).  According to Utheemu council, Well was moved to BMC as per the guidance from Heritage, with assistance from staff of BMC, Council, and Police Desk. Moreo...

އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި
Thiladhunmathi News

އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި

ހއ. އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި އެވެ. އުތީމު ކައުންސިލުން ބުނީ، ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ ލަފާގެމަތިން، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބޭފުޅުންނާއި އުތީމު ކައުންސިލް އަދި އުތީމު ޕޮލިސް ޑެސްކްގެ އެހީތެރިކަމާއި އެކު ރައްކާތެރިކަމާއި އެކު ވަޅު އެސަރަހައްދުން ނަގާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށުގައި ރައްކާތެރި ކުރެވިފައިވާ ކަމަށެވެ. މިކަމުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް އުތީމު ކައުންސިލުންވަނީ ޝުކުރު ދަނ...

އުތީމު "ވިންގާސް"އިން އެރަށުގެ ބަނދަރުގައި ރަށުގެ މުހިންމު ތަންތަން އަންގައިދޭ ބޯޑެއް ހަރުކޮށްފި
Thiladhunmathi News

އުތީމު "ވިންގާސް"އިން އެރަށުގެ ބަނދަރުގައި ރަށުގެ މުހިންމު ތަންތަން އަންގައިދޭ ބޯޑެއް ހަރުކޮށްފި

ހއ. އުތީމުގެ މަގުތަކުގައި ނަންބޯޑު ތަކެއްގެ އިތުރުން ޒަމާނީ ފެންވަރަކަށް ހަދާފައިވާ އެރަށުގެ މައުލޫމާތުތައް ހިމެނޭ ބޯޑެއް ބަނދަރު ސަރަހައްދުގައި ހަރުކޮށްފިއެވެ. މި ހަރަކާތަކީ އެރަށުގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ “ވިންގާސް” ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިންގާސް ޖަމްއިއްޔާގެ މެންބަރު، މުޙައްމަދު ބަޝީރު ވިދާޅުވީ މި ޕްރޮޖެކްޓްއަކީ ރަށަށް އަންނަ މެހެމާނުންނަށް ރަށުގެ ހާއްސަ ތަންތަނަށް ޒިޔާރަތް ކުރުމަށް އެހީތެރި ވުމ...

އުތީމު ތުނޑިން ފެނުނު ވަޅާ ގުޅޭ ސާވޭއެއް ފަށައިފި
Thiladhunmathi News

އުތީމު ތުނޑިން ފެނުނު ވަޅާ ގުޅޭ ސާވޭއެއް ފަށައިފި

ހއ. އުތީމު ދޫނިތުނޑި ސަރަހައްދުން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އާސާރީ ކަމަށް ބެލެވޭ ވަޅާ ގުޅޭ ސާވޭއެއް ފަށައިފިއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ މި ވަޅާއި ބެހޭގޮތުން ދިރާސާ ކުރުމަށް މެރިޓައިމް އޭޝިޔާ ހެރިޓޭޖްގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިިވަމުން ދާ ކަމަށެވެ. މި ޓީމްގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، މިހާތަނަށް ބެލި ބެލުމުން އެވަޅަކީ އާސާރީ ވަޅެއް ކަމަށް އެބޭފުޅުން އިއްތިފާގުވެ ލައްވާފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ވަޅުގެ ފ...

Historic Well resurfaced in Utheemu
News

Historic Well resurfaced in Utheemu

On the westside of Utheemu's coastal area, a historic well has been resurfaced. According to Utheemu council, the Well was resurfaced in the westside of the Island due to severe coastal erosion.  Westside beach of the Island (Utheemu Thun’di) is the famo...

އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ
Thiladhunmathi News

އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ. އުތީމު ކައުންސިލުން ވިދާޅުވީ، އެރަށު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ކަމަށް ބެލެވޭ ވަޅެއް ފެނިފައިވާކަމަށެވެ. ގިރާލާފައިވާ ސަރަހައްދުން އެވަޅު ފެނިފައިވަނީ މިއަދު އެވެ. “މިވަޅު ހިމާތްޔަތް ކުރުމަށްޓަކައި އުތީމު ކައުންސިލާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ މަޝްވަރާތައް ކުރަމުން.” އުތީމު ކައުންސިލުން ވިދާޅުވެފައިވެއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީ...

ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މައްޗަށް ފިލްމެއް
Thiladhunmathi News

ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މައްޗަށް ފިލްމެއް

މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދުގެ މައްޗަށް “ބޮޑުތަކުރުފާނު”، މި ނަމުގައި ފިލްމެއް އުފައްދަން ތައްޔާރު ވެއްޖެ އެވެ. މި ފިލްމު ތައްޔާރުކުރަން ނިންމާފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުންނެވެ. މި ފިލްމު ރަސްމީކޮށް އިފްތިތާޙު ކޮށްފައިވަނީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މުޙައްމަދުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމްގައި ބޭއްވި ޖަލްސާގައެވެ. ފިލްމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވީ އެއީ އަންނަން އޮތް ޖީލުތަކަށްޓަކައި ބޮޑުތަކުރުފ...

ބޭނުންވަނީ ޤައުމަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮށްލަދޭނެ ދަރިން: އުތީމު ރައީސް
Thiladhunmathi News

ބޭނުންވަނީ ޤައުމަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮށްލަދޭނެ ދަރިން: އުތީމު ރައީސް

މި ދިވެހި ޤައުމަށް ބޭނުންވެފައި ވަނީ އުތީމު ބޮޑުތަކުރުފާނު ފަދަ، ޤައުމަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮލަދޭނެ ކެރޭ، މުރާލި ވަފާތެރި ދަރީންކަމަށް އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކޮށްފައިވަނީ ހއ. އުތީމުގައެވެ. މިދުވަސް ފާހަގަކުރަނީ އުތީމަށް އުފަން މުޅި ގައުމުގެ ފަޚުރެއްކަމަށްވާ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑު ތަކުރުފާނު) ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނ...

އުތީމު މުދައްރިސުން ޤައުމީ ލޯބި އިސްކޮށް މުދައްރިސުންގެ ދުވަސް ފާހަގަ ކުރުން ފަސްކޮށްފި
Thiladhunmathi News

އުތީމު މުދައްރިސުން ޤައުމީ ލޯބި އިސްކޮށް މުދައްރިސުންގެ ދުވަސް ފާހަގަ ކުރުން ފަސްކޮށްފި

މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ހއ. އުތީމުގައި ފާހަގަ ކުރުމުގެ ތައްޔާރީތައް ވަމުންދާއިރު، އެދުވަހަށް އިސްކަން ދިނުމުގެ ގޮތުން އުތީމުގައި ހުންނަ ޣާޒީ ބަންޑާރައިން ސްކޫލްގެ މުދައްރިސުން އިސްނަގައިގެން އެ މުދައްރިސުންނަށް ހާއްސަވެފައިވާ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުން ފަސްކޮށްފިއެވެ. މިއަހަރުގެ ގައުމީ ދުވަސް ދިމާވަނީ މި މަހުގެ 7 ވަނަ ދުވަހާއެވެ. މުދައްރިސުންގެ ދުވަހަކީ މާދަމާއެވެ. އުތީމުގައި ކުރިން މުދައްރިސުންގެ ދުވަސް ފާހަގަ ކުރަން ނިންމާފައި އޮތީވެސް މާދަމާއެވެ. އުތީމު ޣާޒީ ބަން...

އުތީމު އާދަމްބޭގެ ގަލަމުން: އުތީމު ބޮޑު މައުލޫދު
Column

އުތީމު އާދަމްބޭގެ ގަލަމުން: އުތީމު ބޮޑު މައުލޫދު

އުތީމު ބޮޑުމައުލޫދަކީ ރާއްޖެތެރޭގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން އަހަރަކު އެއްފަހަރުކިޔާ މައުލޫދެކެވެ. ޢާންމު ގޮތެއްގައި މައުލޫދުކިޔުމުގެ ކަންތައްތައް ހުންނަނީ އެހެނިހެން ރަށް ރަށެކޭވެސް ދާދިއެއްގޮތަކަށެވެ. ނަމަވެސް ބައެއް ޚާއްޞަ ކަންތައްތައްވެސް ހުރެއެވެ. މިފަދަ ގިނަކަންތައްތަކާ ގަނޑުވަރާގުޅުމެއް ހުރިކަމަށް ދަންނަވަންޖެހެއެވެ. އެހެންވީމާ މިދެބައި ވަކިކޮށްނުލާ އުތީމު ބޮޑުމައުލޫދުގެ ކަންތައްތައް މީގެ ސާޅީހަކަށް އަހަރުގެ ކުރިންފެށިގެން އޮންނަގޮތް ދަންނަވާލާނަމެވެ. ތިޔައިން ކޮންމެ ބޭފުޅަކު އެއ...

ޓޫރިޒަމް މިނިސްޓްރީން ތިލަދުންމަތީ އުތުރުބުރިއަށް
Thiladhunmathi News

ޓޫރިޒަމް މިނިސްޓްރީން ތިލަދުންމަތީ އުތުރުބުރިއަށް

ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށްފިއެވެ. މި މަހުގެ 18 ވަނަ ދުވަހު އެ މިނިސްޓްރީން ފެށި މި ދަތުރުގައި މިނިސްޓަރ އަބްދުﷲ މައުސޫމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ މައުސޫމް އާ އެކު މިނިސްޓްރީގެ ޓީމް ވަނީ ހއ. ބާރަށާއި، ވަށަފަރުގެ އިތުރުން އުތީމާއި، ކެލާ، އަދި ދިއްދޫގެ އިތުރަށް، ފިއްލަދޫ އަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިނިސްޓަރގެ އެ ދަތުރުފުޅުގައި ޓޫރިޒަމް ސިންދަފާތު ކުރުމާއި، ލޯކަލް...

އުތީމު ކަނބަލުންނަށް ޚާއްސަ ހޭންޑްބޯލް ކޯޗިން ކޭމްޕެއް
Raajje

އުތީމު ކަނބަލުންނަށް ޚާއްސަ ހޭންޑްބޯލް ކޯޗިން ކޭމްޕެއް

ހއ. އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މި ކޭމްޕް ރޭ ވަނީ ނިންމާލާފައެވެ. އަދި 2 ދުވަހަށް ކުރިއަށް ދިޔަ މި ކޭމްޕުގައި 40 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އުތީމު އަންހެނުންގެ ކޮމިޓީގެ ރައީސް ޒައީމާ އަބްދުއްޞަމަދު “ތިލަދުން” އަށް މަުއުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޭމްޕަކީ އެ ރަށުގައި ހޭންޑްބޯލް ކުޅެން ލޯބިކުރާ އަންހެން ފަރާތްތަކަށް […]