Skip to main content
Topic Archive

#Haa Alif Dhidhdhoo

776 Stories filed
"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔެވުން މިރޭ
Thiladhunmathi News

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔެވުން މިރޭ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔެވުން މިރޭ އޮންނާނެއެވެ. މުބާރާތުގެ ފައިނަލުގެ ފުރަތަމަ ރޭގެ ކިޔެވުން މިރޭ ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާއިރު، މިރޭ މުބާރާތުގެ އެންމެ މޮޅު 10 ބައިވެރިން ކިޔަވާނެއެވެ. މިރޭ ކިޔެވުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް މުބާރާތުގެ ގްރާންޑް ފިނާލޭ ޝޯއިން […]

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިން ވެސް ފައިނަލަށް
Thiladhunmathi News

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިން ވެސް ފައިނަލަށް

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ދިހަ ބައިވެރިންނަށް ވެސް މުބާރާތުގެ ފައިނަލް ބުރުން ޖާގަ ދީފިއެވެ. ކުރިން މުބާރާތް ރާވާލާފައި އޮތީ ދެވަނަ ބުރުގެ ދެވަނަރެއަށް ހޮވޭ ދިހަ ބައިވެރިން، ދެވަނަ ބުރުގެ ދެވަނަ ރޭގެ ޝޯގައި […]

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިންގެ ކިޔެވުން މިރޭ
Thiladhunmathi News

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިންގެ ކިޔެވުން މިރޭ

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ނިންމައި، މުބާރާތުގެ އެންމެ މޮޅު ދިހަ ބައިވެރިން ހޮވައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ރޭ ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ކުރިއަށް ގެންގޮސްފައިވާއިރު، […]

ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 15 ބައިވެރިން އުތީމަށް ޒިޔާރަތްކޮށްފި
Thiladhunmathi News

ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 15 ބައިވެރިން އުތީމަށް ޒިޔާރަތްކޮށްފި

ހއ.ދިއްދޫ މިޑިލް ސްޕޯރޓްސް ކުލަބުން އިންތިޒާމްކޮށްގެން މި އަހަރުގެ ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤްރުއާން މުބާރާތުގެ އެންމެ މޮޅު 15 ބައިވެރިން އެ އަތޮޅު އުތީމަށް ހާއްސަ ޒިޔާރަތެއް ކޮށްފިއެވެ. މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފަނަރަ ބައިވެރިން މިއަދު ހަވީރު އުތީމަށް ކުރި ހާއްސަ ޒިޔާރަތުގައި، އެ ބައިވެރިންގެ ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މިޑްލް ސްޕޯޓްސް […]

"ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި
Thiladhunmathi News

"ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރަށް ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަން ބާއްވާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޮޑިޝަނުން މުބާރާތަށް ހޮވާފައި ވަނީ 20 ބައިވެރިންނެވެ. މި 20 ބައިވެރިންނާއިއެކު މުބާރާތުގެ […]

ދިއްދޫ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ 1 ވަނަ އޭއާރު އަށް
Thiladhunmathi News

ދިއްދޫ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ 1 ވަނަ އޭއާރު އަށް

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އޭއާރު ޓީމުން ހޯދައިފިއެވެ. މި މުބާރާތް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އޭއާރު ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ސްކޫލް ޓީމް ބަލިކޮށްގެންނެވެ. މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ވެސް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރު...

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީގައި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ
Thiladhunmathi News

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީގައި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ

ހއ. ދިއްދޫގައި އަޅާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި އަޅާ ޓިވެޓް ސެންޓަރ ހިންގާނެ ފަރާތްތަކެއް ހޯދަން އިއުލާން ކޮށްފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ސައުގުވެރިކަން ހުރިފަރާތްތަކުން ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް 27 މާރޗް ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުމަށް އެދޭ ކަމަށެވެ. ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުނެއެވެ. […]

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ދިއްދޫގައި ވާ ދެމުމުގެ މުބާރާތެއް
Thiladhunmathi News

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ދިއްދޫގައި ވާ ދެމުމުގެ މުބާރާތެއް

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކަނބަލުންގެ ވާދެމުމުގެ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކުގެ ނަމުގައްޔާއި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ޓީމްތައް ބައިވެރި ކުރެވޭނެއެވެ. އަދި އަމިއްލަ ފަރުދުންނަށް ވެސް ޓީމް ހަދައި ޓީމް ރ...

ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ހއ އަތޮޅުގެ އިމާމުންނާއި ޚަތީބުން ތާޒާ ކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ދިއްދޫގައި ހުންނަ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައެވެ. މި ޕްރޮގްރާމުގައި އެ އަތޮޅު ހުރިހާ ރަށަކުން އިމާމުންނާއި ޚަތީބުން ހިމެނޭހެން ޖުމްލަ […]