ރުއްގަސް ކަނޑައި ބޭރުކޮށްގެން، ބާރަށު ކައުންސިލް 191,250ރ އިން ޖޫރިމަނާކޮށްފި
ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑައިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ މިއަދު ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބާރަށުގެ ގުރީންބެލްޓް ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ހއ.ބާރަށުން ރުއްގަސް ބޭރުކުރުމާ ގުޅިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. ބާރަށު ކައ...