ބަންގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި
މާލޭގައި ބަންގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ޝަހީދު ކުޑަނޭވި ތުއްތު މަނިކު ހިނގުމުގައެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމުން އަނބުރާ 3:10 އާއި ހާއިރުއެވެ. މި ހަމަލާގައި އަނިޔާ ލިބިފައިވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށެވެ. އެމީހާ އަށް އައި.ޖީ.އެމް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަނިޔާ ލިބުނު މީހާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މި ވަގުތު ލިބިފައެއް ނުވެއެވެ. މި މައްސ...