ސްޓެލްކޯއިން ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި
އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސްޓެލްކޯއިން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. ސްޓެލްކޯއިން ބުނީ، މި މަޝްރޫޢުގެ ދަށުން، ރަށުގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ ވަނީ އެއްކޮށް އައު ކުރެވިފައިކަމަށެވެ. މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފެރިދޫ އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބެހެއްޓި، އެ ޕެނަލް މިހާރު ބޭނުންކުރަން ފަށާފައިވުމެވެ. މި އައު ނިޒާމުގެ ސަބަބުން، ކުރިން ރަށުގައި ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ […]