މަކުނުދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރަން އެމްޓީސީސީއަށް، މަގުތައް ހަދަން އާރުޑީސީ އަށް
ހދ. މަކުނުދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް އަދި އެރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަބް އާރުޑީސީ އާއި މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަކުނޫދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މ...