ދެ ޞިއްޙީމަރުކަޒެއް ހޮސްޕިޓަލަކަށް ބަދަލުކުރުމާއި އަޕްގްރޭޑް ކުރަން ވެމްކޯއާ ހަވާލުކޮށްފި
ތ. ގުރައިދޫ އަދި ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތާއި، ތ. މަޑިފުށީ ޞިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ކުނި މެނޭޖްކުރަން އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ. މި ތިން މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ހަވާލުކޮށްފައިވަނީ ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވަނީ 32.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމުމަށެވެ...