އަހްމަދިއްޔާ އާއި ގުޅިގެން ބާރަށު ދާއިރާގެ ދަރިވަރުން އޯލެވެލްއަށް ތައްޔާރު ކުރަނީ
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ބާރަށު ދާއިރާގެ ސްކޫލްތައް ގުޅިގެން، ބާރަށު ދާއިރާގެ ސްކޫލްތަކުގެ ދަރިވަރުން އޯލެވެލްއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގައި އިސް ދައުރެއް އަދާކުރެއްވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، މި ޕްރޮގްރާމް ފެށުމާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ރަންވަނަތައް ހޯދަމުންގެންދާ ކާމިޔާބު ސްކޫލެއް ކަމަށެވެ. އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ ޓީޗިންގ ތ...