މަމްދާނީ ފުރަތަމަ ތަޤްރީރުގައި މުސްލިމެއްކަން ހަނދާން އައުކުރަށްވައި ތިންކަމެއް
އަންގާރަ ދުވަހު އޮތް އިންތިޚާބުގައި އެމެރިކާގެ އެންމެ ބޮޑު ސިޓީ، ނިއުޔޯކް ސިޓީގެ މޭޔަރުކަން ކަށަވަރުކުރެއްވި ޑިމޮކްރެޓިކް ސޯޝަލިސްޓް، ނިއުޔޯކް ސްޓޭޓް އެސެމްބްލީމެން ޒޮހްރާން މަމްދާނީ ކާމިޔާބީއަށްފަހު ދެއްވި ފުރަތަމަ ތަގްރީރު ވަނީ ތިންކަމެއް ފާހަގަކުރަށްވާފައެވެ. އެއީ އޭނާ އަކީ މުސްލިމެއްކަމަށާއި، ޒުވާނެއް އަދި ޑިމޮކްރެޓިކް ސޯޝަލިސްޓެއް ކަމެވެ. މަމްދާނީ އަކީ މުސްލިމަކަށްވުމީ މޭޔަރުގެ ރޭހުގައި އޭނާ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އޭނާ އާއި ދެކޮޅަށް އިސްލާމް ދީނާއި ދެކޮޅު ޝިއާރުތައް އުފުލ...