ސްރީލަންކާގެ މޫސުމީ ކާރިސާ: ސަރުކާރާއި އިދިކޮޅު ގުޅިގެން މަސައްކަތް ފަށައިފި
ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި މޫސުމީ ކާރިސާއާ ގުޅިގެން، އަސަރުކޮށްފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ފަށައިފިއެވެ. ސްރީލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ދަތި ހާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ދިސަނާޔަކަ މި ވާހަކަފުޅު ދެއްކެވީ މިއަދު ހެނދުނު ތިން ބާރުގެ މައި މަރުކަޒުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަންދ...