މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރު، ޓެސްޓްކުރިއިރު މަަސްތުވާތަކެއްޗަށް ޕޮޒިޓިވް
ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެހި ފުލުހުންގެ ވަޒީފާގެ ޚިދުމަތުގައި ހުރި ފުލުހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) ކަމަށް ފުލުހުން ބުންޏެވެ. މިމައްސަލައާ [...