ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުޢިއްޒު
އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިންއިން ހޮވާ ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ. މިއީ ރާއްޖޭގެ ރައީސަކަށް މި ޝަރަފުވެރި ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޓައިމް މެގަޒިންއިން ރައީސް މުއިއްޒުގެ ނަން މި ލިސްޓުގައި ހިމަނާފައިވަނީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ އާންމު ސިއްހަތު ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވަމުންދާ މުހިންމު މަސައްކަތްޕުޅުތަކަށް ރިއާޔަތްކޮށްފަ...