ރައީސް ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް އަށް ޒިޔާރަތްކުރައްވައިފި
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެ ކައުންސިލްގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ރައީސް ވަނީ ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ޚާއްޞަ ތަޤުރީރެއް ދެއްވާފައެވެ. އެމަނިކުފާނުގެ ތަޤުރީރުގައި، މޫސުމީ ތަންޒީމާއި ދުނ...