ފަލަސްތީނުން ފެންނަނީ ސާބިތުކަމާއި ވަރުގަދަ އީމާންތެރިކަމުގެ ނަމޫނާ
މި މަންޒަރުން ހާމަވަނީ އިސްރާއީލުގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނިކަމެތިކަމާއި ދަތި އުނދަގޫ ހާލަތުގައިވެސް، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހިތްތަކުގައިވާ ސާބިތުކަމާއި ނުގުޑާފަދަ ވަރުގަދަ އީމާންތެރިކަމެވެ. ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ އަލް-ޙަބީބު މުޙައްމަދު މިސްކިތް، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ސުންނާފަތިކޮށްލާފައިވީ ނަމަވެސް، އެ މިސްކިތުގެ ކުނިބުނިތަކުގެ ތެރޭގައި ތިބެ ކުޑަކުދިން ކީރިތި ޤުރުއާން ކިޔަވަމުންދާ މަންޒަރަކީ ހިތްތަކަށް ނުހަނު އަސަރުކުރުވާ މަ...