ނެޝަނަލް ހެލްތު ލެބޯޓަރީ އިމާރާތް ކުރުމަށްޓަކައި އަންނަ ޖުލައި މަސްތެރޭގައި ބީލަމަށް ހުޅުވާލަނީ
ނެޝަނަލް ހެލްތު ލެބޯޓަރީ އިމާރާތް ކުރުމަށްޓަކައި އަންނަ ޖުލައި މަސްތެރޭގައި ބީލަމަކަށް ހުޅުވާލެވޭނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓަރ މިގޮތަށް ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނެޝަނަލް ހެލްތު ލެބޯޓަރީ ޑިޒައިންކޮށް ފީސިބިލިޓީ ސްޓަޑީ ހެދުމާއި ކޮންސަލްޓަންސީގެ ޚިދުމަތް ހޯދުމަށް ބައިނަލްއަޤްވާމީ ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން ޓެންޑަރ ކޮށް ހޮވިފައިވާ ޖަރުމަނުގެ ކުންފުނި “ޖައިޓެކް“އާއިއެ...