ޝަހީދުވި އީރާނުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ޗައިނާއިން 200,000 ޑޮލަރު ހަދިޔާކުރަނީ
އީރާނުގެ ސްކޫލަކަށް އަމާޒުކޮށް ދިން ނުރައްކާތެރި މިސައިލް ހަމަލާއެއްގައި ޝަހީދުވި ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން 200,000 އެމެރިކާ ޑޮލަރު ހަދިޔާކުރަން ނިންމާފައިވާކަން ޗައިނާ ސަރުކާރުން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ. މި ހަމަލާއަކީ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި އަސްކަރީ ހަނގުރާމައިގެ ތެރެއިން، ވަކި ފަރާތަކަށް ބެލުމެއްނެތް ގޮތަށް އީރާނުގެ ސްކޫލަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެކެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އީރާނުގެ ދެކުނުގެ...