އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު މިހާރު އަހަރެމެންނަށް ލިބިގެންވޭ: ސައޫދީ
އީރާނުން ސައޫދީ އަރަބިއްޔާގެ ތެލުގެ ސިނާއަތަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު ސައޫދީއަށް ލިބިގެންވާ ކަމަށް އެގައުމުން މިއަދު އިއުލާނުކޮށްފިއެވެ. މިއަދު (ބުރާސްފަތި ދުވަހު)ގެ ހެނދުނުގެ ވަގުތެއްގައި ސައޫދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ދެއްވި ބަޔާނަކީ، މިހާތަނަށް ސައޫދީން ގެންގުޅުނު “ސްޓްރެޓީޖިކް ރެސްޓްރެއިންޓް” ނުވަތަ ކެތްތެރިކަން އިސްކުރުމުގެ ސިޔާސަތު ނިމުމަކަށް އައިކަން އަންގައިދޭ ނިންމުމެކެވެ. ޚާރިޖީ ވަޒީރުގ...