ކުޅިވަރަކީ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއް: ރައީސް
ކުޅިވަރަކީ އިޖުތިމާޢީ ބަދަހިކަން ވަރުގަދަކޮށްދޭ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ތަރައްޤީއާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކުޅިވަރު ދުވަސް ނުވަތަ “އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް” ގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މި ދުވަހުން ކަށަވަރުކޮށްދެނީ ކުޅިވަރަކީ އެއްވެސް ބޯޑަރެއް ނެތް، ސާދާ ނަމަވެސް ފުން މާނައ...