ލޯބިވުން ސަލާންކުރުމާ ގުޅިފައި
ލޯތްބަކީ އިންސާނީވަންތަކަމުގެ ކުރިބޯއްޓެވެ. އެއީ އިންސާނާ ހެއްދެވި ފަރާތުން އިންސާނާގައި ލައްވާފައިވާ ވަރުގަދަ ޖަޒްބާތެކެވެ. ލޯބިވުމަކީ އިންސާނެއްގެ ހައިސިއްޔަތުން އޭނާގެ ތަބީޢީކަމެކެވެ. ލޯތްބަކީ ވަރަށް މާތް ސިފައެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުން ދެކެ އިންތިހާއަށް ލޯބިވެވޮޑިގަންނަވައެވެ. އެއީ ކިރުމަޔަކު އޭނާގެ ކިރުބޯ ދަރިފުޅު ދެކެ ވާ ލޯތްބަށްވުރެ ބޮޑު ލޯތްބެކެވެ. އެހެންކަމުން ދެމީހެއްގެ ދެމެދުގައި އޮންނަ ލޯތްބަކީ ވަރަށް ހަރުދަނާވާންޖެހޭ އެއްޗެކެވެ. ލޯތްބަކީ ހަމައެކަނީ ޖިސްމާނީ އ...