ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ކަލްޗަރަލް ސެންޓަރެއް އަޅަނީ
ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށިގައި ކަލްޗަރަލް ސެންޓަރެއް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ތިނެއް ނޮވެމްބަރުގައި ޝަހީދުވި ހުސެއިން އާދަމްގެ ވާހަކަ ދައްކަނީ ހަމައެކަނި ތިނެއް ނޮވެމްބަރުގައި އެކަނި ކަމަށާއި ޝަހީދު ހުސެއިން އާދަމްގެ އެ ގުރުބާނީ ފެންނަ ގޮތަށް ކަލްޗަރަލް ސެންޓަރެއް ކުޅުދުއްފުށީގައި އިންނަން ޖެހޭ ކަމ...