ޔޫއެފާ ޗެމްޕިއަންސް ލީގު: ޗެލްސީ ބަލިވިއިރު ބާސާ އަދި ޑޯޓްމަންޑްގެ މެޗް އެއްވަރު
މެދުކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގަށް އިނގިރޭސި ވިލާތުގެ ޗެލްސީ އެނބުރި އައިސް ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗްގައި ސްޕެއިންގެ ވެލެންސިއާއި ބައްދަލުކުރި މެޗުން ޗެލްސީ ބަލިވެއްޖެއެވެ. މިމެޗުން ޗެލްސީގެ މަށްޗަށް ވެލެންސިއާ ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ގޯލް ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ ޕެނެލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ޑެނިއަލް ތަނަވަސް ކޮށްދިން ފުރުސަތަކުން ރޮޑްރިގޯއެވެ. މިމެޗްގައި ނަތީޖާ ހަމަކުރުމަށް ޗެލްސީއަށް ޕެނެލްޓީއެއް ލިބުނު ނަމަވެސް ކާމިޔާބު ކުރެވ...