ހދ. އަތޮޅު ކައުންސިލުގެ ވޮލީ މުބާރާތް މާދަމާ ފަށަނީ
ހދ. އަތޮޅު ކައުންސިލުން އިސްނަގައިގެން، އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް، މާދަމާ ފެށުމަށް ނިންމައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޜަނަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާދަމާއިން ފެށިގެން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމައަށް، މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނެއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި މި އަހަރު ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ، ކުޅުދުއްފުށީ އީޑީ، ޓީމް ނޮޅިވަރަމް، ވިޔެސް އަދި ޓީމް ފިނެއެވެ. […]