ޑިސްކައުންޓް ބޭނުމިއްޔާ ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން އެސްޓީއޯ ސުޕަމާޓަށް
ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް އެސްޓީއޯ ސުޕަމާޓުން ބާޒާރުކުރުމުން ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ. އެސްޓީއޯއިން ބުނީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމަށް އެންމެ މުހިއްމު ކަމަކީ އާދަކާދައަށް ބަދަލު ގެނައުން ކަމަށްވާއިރު ގެއިން ކޮތަޅު ހިފައިގެން ބާޒާރުކުރަން އަންނަ ފަރާތްތަކަށް ޑިސްކައުންޓެއް ދިނުމަކީ އެފަދަ އާދަތައް އަށަގެންނެވުމަށް ދެވޭނެ ހިތްވަރެއްކަމަށް ދެކޭ ކަމަށެވެ. އެގޮތުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް ސުޕަމާޓުން ވިޔަފާރިކުރާ ފަރާތ...