ހުރިހާ ރައްޔިތުން ނިކުންނަވާ ރައީސް ނަޝީދާއި އަސްލަމައް ވޯޓު އަޅުއްވާ: ޝިފާއު
ހުރިހާ ރައްޔިތުން ނިކުންނަވާ ރައީސް ނަޝީދާއި އަސްލަމްއަށް ވޯޓު އަޅެއްވުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ގޮވާލައްވައިފިއެވެ. ސިފާއު މިހެން ގޮވާލެއްވީ ހިންނަވަރުގައި މިރޭ ބޭއްވި އަސްލަމްގެ ކެންޕެއިން ޖަލްސާއެއްގައެވެ. މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ދިފާއުކުރުމަށްޓަކައި އަޅުގަނޑުމެން މަޖިލިސް ތެރޭގައި އެމްޑީޕީގެ ނައިބު ރައީސްއަކު އަޅުގަނޑުމެންނާއެކު ބަހައްޓައި ދިނުމަށް އަސްލަމްއަށް ވޯޓުދެއްވުމަށެވެ. https://twitte...