ހއ. އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތަކާއިބެހޭ މައުލޫމާތު ނައިބް ރައީސް ހިއްޞާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ އިތުރުން ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ދިއްދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުން ކުރިޔަށްގެންގޮސްފައ...