ޑިޕޮސިޓް ފައިސާ ޓެނެސްސީ ބޯޑަށް ނަގާ އެޕާޓްމެންޓެއްގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަނީ
ޑިޕޮސިޓް ފައިސާ ޓެނެސްސީ ބޯޑަށް ނަގާ އެޕާޓްމެންޓެއްގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަންޖެހޭ ގޮތަށް “ދިރިއުޅުމައްޓަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލް”ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށައަޅާފައެވެ. ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރާއިރު އެކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް “ޓެނެންސީ ބޯޑު” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ބޯޑެއް އެކުލަވާލަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާއިރު އެ ބޯޑުގައި ހިމެނެނީ ތިން މެމްބަރުންނެވެ. ބޯޑަށް މެމްބަރުން އައްޔަނު ކުރާނީ މިނިސްޓަ...