ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަ ކުރާނެ
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރޮޕެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން ކ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް ވަނީ ޔެލޯއެލާޓް ވެސް ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދޭ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރ...