ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ޢަދަދު 12 އަށް
ރޭ ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ޢަދަދު 12 އަށް އަރައިފިއެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށައް 12 ދިވެހިން ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ހަތަރު ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ. އެމިނިސްޓްރީއިން އެގޮތަށް ހާމަކުރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހޯދި މައުލޫމާތުތަކަށްފަހު އެވެ. މިމައްސަލާގައި އެ މިނިސްޓްރީން ފުރަތަމަ ހާމަކުރީ ލަންކާ ފުލުހުން ހަ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ދޫކޮށްލާފައިވަނީ ކުޑަ ތިން ކުދިންނާއި، އެ ކުދިންގެ މަންމައެވެ. އަ...